ރ. އަނގޮޅެތީމުގައި ފެން ގާއިމުކުރުމަށާއި ހދ. ކުރިނބީގައި ފެނާއި ނަރުދަމާ ގާއިމުކުރަން އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް ޖޮއިންޓް ވެންޗާ ވިތު ވޯޓާ އިންޖީނިއަރިން ސާވިސަސް އެފްޒެޑްއީ އާ ހަވާލުކޮށްފި އެވެ.

Advertisement

އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު ސޮއި ކުރެއްވިއިރު ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ކަންޓްރީ މެނޭޖަރު ހިވާޖް މަހިންދްރަ މަދުސަންކާ ކަރުނަ ރަތްނޭ އެވެ.
އަނގޮޅިތީމުގެ މަޝްރޫއު 685 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެކުންފުންޏާ ހަވާލުކޮށްފައި ވަނީ 19.8 މިލިއަން ރުފިޔާ އަށެވެ. އަދި ކުރިނބީގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ހަވާލުކޮށްފައި ވަނީ ވެސް 19.8 މިލިއަން ރުފިޔާ އަށެވެ.
ޑިޒައިނިން އެންޑް ބިޑް އުސޫލުން ހަވާލުކުރި އެ ދެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާ ކުރުމާއި ރަށުގައި ފެނާއި ނަރުދަމާގެ ވިޔުގަ އެޅުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުން ހިމެނެއެވެ. އަދި އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުމުގެ އިތުރުން ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމުކޮށް އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅުވައިދިނުން ހިމެނެއެވެ.