އީޕީއޭ އިން މީޑިއާތަކަށް ބުނެފައިވަނީ އެކަން ކޮށްފައވަނީ ކަނޑާއި ވީ ފަޅިން ކަމަށެވެ.
ރަސްފަންނު މޫދަށް ތެޔޮ އެޅުނީ ރަސްފަންނުގެ ނެރުމައްޗަށް ލައްވި ކަޅުތެޔޮ ފީފާއަކުން ކަމަށް މާލޭ ސިޓީ ކައުންސިލުން ކުރިން ވަނީ ބުނެފަ އެވެ.
ކައުންސިލުން ބުނީ ރަސްފަންނު މޫދުގެ ބޮޑުބަޔަކަށް ތެލުގެ އަސަރުކޮށްފައިވާކަމަށެެވެ. އެކަން އެހެންވެފައިވަނީ ރަސްފަންނު ނެރުމައްޗަށް ލައްވި ކަޅުތެޔޮ ފީފާއެއް ފަޅައިގެން ގޮސްގެން ކަމަށް ކައުންސިލުން ބުނެއެވެ.
އެ ސަރަހައްދުގެ މޫދަށް ގިނަ އަދަދަކަށް ކަޅު ތެޔޮ ޖަމާވެފައިވާތީ އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ކޮށްފައެވެ.
ރަސްފަންނުގެ މޫދުގެ ބޮޑުބަޔަކަށް ތެލުގެ އަސަރުކޮށްފައިވާތީ އެމައްސަލަ ހައްލުކުރެވެންދެން އެސަރަހައްދުގެ މޫދު މިހާރު ވަނީ އާއްމުންނަށް ބަންދުވެސް ކޮށްފައެވެ.
ރަސްފަންނު މޫދަށް ތެޔޮ ޖަމާވެފައިވާއިރު ބުދަ ދުވަހު މާލެ ސަރަހައްދަށް މޫސުން ގޯސްވުމުގެ ސަބަބުން ވިލިނގިލި ފަރުމައްޗަށް ތެޔޮ ބޯޓެއް އަރާފައިވެއެވެ. ނަމަވެސް، ރަސްފަންނު ސަރަހައްދަށް ތެލުގެ އަސަރު ކޮށްފައިވަނީ އެ ބޯޓުން ތެޔޮ ލީކުވެގެން ނޫން ކަމަށް އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް އޭރު ވަނީ ވިދާޅުވެފައެވެ.