ads
މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން——
އޭއޭއޭ އާ އެކު ވި އެއްބަސްވުން އުވާާލި އިރު އެވިޑަށް 4 މިލިއަން ރުފިޔާގެ ގެއްލުމެއް
ޕައިލެޓުން ތަމްރީނު ކުރުމަށް އައްޑޫގައިހިންގަމުން ގެންދިޔަ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާއެކު އެވިޑްކޮލެޖުން ހެދި އެއްބަސްވުން އެ ކޮލެޖުން ބާތިލުކޮށްފި އެވެ.
Advertisement

އެވިޑް ކޮލެޖާއި އޭއެއޭއާއި ދެމެދު މިއަހަރުގެ ޖޫން މަހުގެ 24 ވަނަދުވަހު ކޮށްފައިވާ އެއެއްބަސްވުން މިއަދު އުވާލާފައިވަނީ، އެ އެއްބަސްވުމުގައި ސޮއި ކުރިތާ ދެމަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް ކަމާބެހޭ އިދާރާތަކުން ފްލައިން ސްކޫލުގައި ތިބޭނެ ތަނެއް ވެސް ހަމަޖައްސައިދީފައި ނުވާއިރު، ސަރުކާރުގެ ބައެއް އިދާރާތަކުން އެއްބާރުލުން ނުލިބުމުގެ ސަބަބުން، ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ނުގެންދެވޭތީ ކަމަށް އެވިޑުން ބުނެއެވެ.

އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބަދަލުވުމުގައި ޗެއަމަން މުސްތާޤް ވިދާޅުވީ އެވިޑް ކޮލެޖުން ޕްލޭންތަކެއްކުރިކަމަށާއި އެ ކަންކަން ކަމާބެހޭ އެންމެހާ ފަރާތްތަކާއި ހިއްސާކުރެއްވިކަމަށާއި، ނަތީޖާއެއް ނެރުމަށްޓަކައި ނުކުރެވޭ  އެއްވެސް މަސައްކަތެއް ވޭތުވެދިޔަ ދެތިން މަސްދުވަސްތެރޭގައި ނެތްކަމަށެވެ. އެހެންނަމަވެސް އެއްބަސްވުން އުވާލަންޖެހުނީ މަސްދުވަސްތެރޭގައި ބައެއް މުއައްސަސާތަކުން މިކަމަށް ލިބެދެއްވަން ޖެހޭ މިންވަރަށް އެއްބާރުލެއްވުން ނުދެއްވާތީ އެކަމުގެ ސަބަބުން އެވިޑް ކޮލެޖަށް އިތުރަށް ކުރިއަށް ނުދޭވެނެކަމަށް ޤަބޫލްކުރެވޭތީ ކަމަށް ވިދާޅުވިއެވެ. 

ފްލައިން ސުކޫލުގެ ކިޔެވުން ނުފެށި ގިނަ ދުވަސްތަކެއް ވޭތުވެގެން ދިއުމުގެ ސަބަބުން 4.7 މިލިއަން ރުފިޔާގެ ގެއްލުމެއް އެވިޑަށް ލިބުނު ކަމަށް ވެސް މުސްތާޤު ވިދާޅުވިއެެވެ. މުސްތާގު ވިދާޅުވީ މިހާތަނަށް ހަތަރުމިލިއަން ރުފިޔާއަށްވުރެ ގިނައިން ހަރަދުވެފައިވާނެކަމަށާއި ނަމަވެސް އެފައިސާ އަނބުރާ އިއާދަނުވާނެކަމަށެވެ. އަދި އެއީ އެވިޑްކޮލެޖަށް ލިބުނު ވަރަށްބޮޑު ގެއްލުމެއްކަމަށް އެ ކޮލެޖުން ބުނެއެވެ.

"ސޭލްސްޕަޗޭސް އެގްރީމެންޓް މިއަދުންފެށިގެން އުވާލައިފިން އަދި މިވަގުތުން ފެށިގެން އޭޝިއަން އެކަޑެމީ އޮފް އޭރޯނޮޓިކްސްއާއި ގުޅޭ އެއްވެސް ކަމެއްގައި އެވިޑް ކޮލެޖްގެ އެއްވެސް ދައުރެއް ނޯންނާނެ" މުސްތާޤް ވިދާޅުވިއެވެ.

މުސްތާގު އިތުރަށް ވިދާޅުވީ އޭޝިއަން އެކަޑެމީ އޮފް އޭރޯނޮޓިކްސްއާއި ދެމެދުވެވިފައިވާ އެއްބަސްވުން އުވާލެވުނުކަމުގައިވިޔަސް އެވިޑް ކޮލެޖުން ފްލައިންސްކޫލެއް ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭކަންކަމަށް ހުއްޓުމެއްއައިކަމަށް ޤަބޫލުނުކުރައްވާކަމަށެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް