ads
ސަރުކާރު އޮފީހެއްގައި މަސައްކަތް ކުރުން ހުއްޓާލާފައި---
މުސާރަ މައްސަލައިގައި ސަރުކާރު ބައެއް އޮފީސްތަކުގެ މަސައްކަތް ހުއްޓާލައިފި
ސިވިލް ސާވިސް މުވައްޒަފުން މުސާރައިގެ މައްސަލައިގައި ކުރި މުޒާހަރާ އާ ގުޅިގެން އެކަށީގެންވާ ޖަވާބެއް ސަރުކާރުގެ ފަރާތުން ލިބިފައިނުވާތީ ކަމަށް ބުނެ ބައެއް އޮފީސްތަކުގައި މަސައްކަތް ކުރުން މިއަދު ހުއްޓާލައިފި އެވެ.

ސިވިލް ސާވެންޓުންގެ ޑިމާންޑުތަކުގެ ތެރޭގައި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް ލިވިން އެލަވަންސް ލިބުމާއި މިނިމަމް ވޭޖު އަވަސްކޮށްދިނުމާއި ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުން ހިމެނެއެވެ. 

ދިވެހި ސިވިލް ސާވެންޓު އެސޯޯސިއޭޝަނުން އިއްޔެ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ބައިވެރިވި މުވައްޒަފުން ވަނީ އެ އިހުތިޖާޖާ ގުޅިގެން ސަރުކާރުން އެއްވެސް އިޖާބައެއް ނުލިބިއްޖެނަމަ ހޯމަ ދުވަހު މުވައްޒަފުން މަސައްކަތަށް ނުނިކުންނާނެކަމަށް އިއުލާނުކޮށްފަ އެވެ.

މިއަދު މަސައްކަތް ހުއްޓާލި ބައެއް އޮފީސްތަކުގެ ތެރޭގައި ލ. ދަނބިދޫ ކައުންސިލް، ހައްދުންމަތީ މުންޑޫ ކައުންސިލް އަދި މާލެ އަތޮޅު ގުރައިދޫ ކައުންސިލްގެ އިތުރުން ސަރުކާރުގެ ބައެއް އޮފީސްތަކާއި އިދާރާތައް ހިމެނެއެވެ. 

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމައި، މުސާރަ ބޮޑުކުރުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.

your imageސަރުކާރު އޮފީހެއްގަައި މަސައްކަތް ހުއްޓިފައި

ސަރުކާރު މުވައްޒަފުންގެ މުސާރައިގެ މައްސަލަ ބޮޑުވެފައިވާއިރު ނިމިދިޔަ ހަފްތާތެރޭ، މޯލްޑިވިއަންގެ ޕައިލެޓުންނާއި، ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ނަރުހުންނާއި ޑޮކްޓަރުންވެސް ވަނީ މުސާރައިގެ މައްސަލައިގައި ރައީސް ސޯލިހް އިބްރާހީމް މުހައްމަދު ސޯލިހް އާ ބައްދަލުކުރައްވާފައެވެ. ރައީސް ވަނީ އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. 

މީގެ ކުރިން ރައީސް ސޯލިހް ވަނީ ސިވިލް ސާވެންޓުންގެ މުސާރަ ބޮޑު ކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ވިދާޅުވެފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް