ads
ސިވިލް ސާރވަންޓުންގެ މުސާރަ ބޮޑު ނުވާތީ ކަންބޮޑުވުން ފާޅުކޮށް ކުރި އިޖުތިހާދުގެ ތެރެއިން..ފޮޓޯ/ފޭސްބުކް
އަންނަ ބުދަ ދުވަހު މިނިމަންވޭޖް ކަނޑައަޅަނީ
މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެން އަންނަ ބުދަ ދުވަހު މިނިމަމްވޭޖް ކަނޑައަޅާނެ ކަމަށް ބުނެފިއެވެ.

މިނިމަމްވޭޖް ބޯޑުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެހެން ބުނެފައިވާ އިރު ވޭޖް ބޯޑުގެ މެމްބަރު އަދި ޓީމުގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާހިރު (މާއްޓެ) މީޑިއަތަކަށް ވިދާޅުވީ، މިނިމަމްވޭޖުގެ ގޮތުގައި ދޭނެ ވަރެއް ކަނޑައެޅުމަށް ފަހު، އެކަން އިކޮނޮމިކް މިނިސްޓްރީއާ ހިއްސާ ކުރެވިގެންދާނެ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާގޮތުން މިނިމަމްވޭޖް ކަނޑައަޅާނީ ވޭޖް ބޯޑު މެންބަރުންގެ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމުން އޭގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ އެންމެ ކުޑަ މުސާރަ ލިބޭ މުވައްޒަފުންނަށް ކަމަށް ވާއިރު މީގެ ކުރިން ސަރުކާރުން މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައި އޮތް ސީލިންގަކީ 6،700ރ. އާއި 8،900ރ. އާ ދެމެދުގެ އަދަދެކެވެ.

އެހެން ނަމަވެސް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދޭން ނިންމާފައިވާ އަދަދެއް އަދި ނޭންގެއެވެ.

މިނިމަމްވޭޖް ކަނޑައެޅުމަށް ކުރިން ސަރުކާރުން ތާރީހްތަކެއް އިއުލާނު ކުރި ނަމަވެސް އެއަށް އަލިމަގެއް ފެނިފައި ނުވާތީ ދިވެހި ސިވިލް ސާރވަންޓް އެސޯސިއޭޝަނުން އިސް ނަގައިގެން މިވަނީ ބޮޑު ހަރަކާތެއް ވެސް ފަށާފައެވެ.

އެގޮތުން ގިނަ ސިވިލް ސާރވަންޓުން އިއްޔެ ކަޅު ހެދުމުގައި އޮފީހަށް ނުކުމެ އިޖުތިހާދު ކޮށްފައިވާ އިރު ސިވިލް ސާރވަންޓުންގެ މުސާރަ ބޮޑު ކުރަން ގޮވާލާ މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލަ އެއް ވެސް ވަނީ ވައްދާފައެވެ. އަދި މިއަދުވަނި ބައެއް އޮފީސްތަކުގައި މަސައްކަތް ކުރުން ވެސް ބުއްޓާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް