ads
މީރާ އަދި އެންސީބީ އެމްއޯޔޫ ގައި ސޮއިކުރުން
މީރާ އާއި އެން.ސީ.ބީ އާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި އިންޓަރޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯ ފޮރ މޯލްޑިވްސް (އެން.ސީ.ބީ) އާ ދެމެދު މިއަދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މި އެމް.އޯ.ޔޫގެ ބޭނުމަކީ މީރާ އާއި އެން.ސީ.ބީއާ ދެމެދުގައިވާ ގުޅުން ވަރުގަދަކޮށް، ޓެކުހާ ގުޅޭ ކުށްތައް ހުއްޓުވުމަށް ކުށްކުރާ ފަރާތްތަކާ ގުޅޭ އެކި މައުލޫމާތު އެން.ސީ.ބީ މެދުވެރިކޮށް މީރާއަށް ފޯރުކޮށްދިނުމެވެ. 

މި އެމް.އޯ.ޔޫގެ ދަށުން ކުށްކުރާ ފަރާތްތަކުގެ ކުށުގެ ރިކޯޑުތައް ދެނެގަތުމުގެ އިތުރުން އެ ފަދަ ފަރާތްތަކުން ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާނަމަ އެ ކަމުގެ މައުލޫމާތުތައް ހޯދުމުގެ މަގު ފަހި ވެގެންދާނެ ކަމަށް މީރާއިން މައުލޫމާތުދެވެ. މީގެ އިތުރުން، ކްރިމިނަލް އޮގަނައިޒޭޝަންތަކުން ގެންގުޅޭ އެކިއެކި އުކުޅުތައް ދެނެގަތުމަށް އެހީއަކަށް ވެގެންދާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސް ގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެމް.އޯ.ޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލްއެވެ. އަދި އެން.ސީ.ބީގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް