ads
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ޖޭޕީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ވިސްނުން އެބަހުރި: މިނިސްޓަރު މައުސޫމް
ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މައުސޫމް މިހެން ވިދާޅުވެފައިމިވަނީ، ޖުމްހޫރީ ޕާޓީގެ މިހާރުގެ ރައީސް އަލީ ވަހީދު ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވަވަމުން ގެންދަވަނިކޮށް، ޑރ. މައުސޫމް ކުރެެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ޑރ. މައުސޫމް ވިދާޅުވީ "ޖުމްހޫރީ ޕާޓީގެ ދެން އޮންނަ ގައުމީ ކޮންފަރެންސްގައި ޕާޓީގެ އިންތިހާބު ބާއްވާއިރު ޕާޓީގެ "ރައީސް" ކަމަށް ކުރިމަތިލުމުގެ ވިސްނުމެއް އެބަ ގެންގުޅެން" ކަމަށެވެ. 

މިކަމާއި ގުޅިގެން އަލީ ވަހީދާއި ސުވާލުކުރުމުން އަލީ ވަހީދު ވިދާޅުވީ، ޑރ. މައުސޫމަށް އެއްވެސް ރައްދެއް ނުދެއްވާނެ ކަމަށާއި އެއީ އޭނާ ވަރަށް އިހްތިރާމް ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ނިންމުން އެ ޕާޓީން ނިންމަންވީ ކަމަށާއި، އެކަމަށް އިހުތިރާމު ކުރައްވާނެ ކަަމަށެވެ. 

"އެ ނިންމުމަށް އިހްތިރާމު ކުރާނަން. އަޅުގަނޑު ދެން ހުންނާނީ ކޮން ޕާޓީއެއްގައި ތޯ އެއީ ފަހުގެ ކަމެއް. އަޅުގަނޑަށް ދެން ވާނެ ގޮތެއް ނޭނގެ، އަޅުގަނޑު މިއިނީ މުޅިން އެއްކޮށް މިނިވަންވެފައެއް ނޫން. އަޅުގަނޑު މިއަދު މިކަން މިކުރީ އެހެން ދުވަހެއް ނުލިބިދާނެތީ" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގައި ހުރީ އޮނަރަބަލް ގާސިމް އިބްރާހިމަށް ކުރައްވާ އިހުތިރާމެއްގެ ސަބަބުން ކަމަށެވެ. 

އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ރައީސް ކަމާއި ހަވާލުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެ ޕާޓީ ހިމެނޭ ކޯލިޝަންއަކުން އެމްޑީޕީ ވެރިކަން ކާމިޔާބުވުމުން ޔޫކޭގައި ހުންނަވާ ރާއްޖެ ވަޑައިގަތުމަށްފަހުއެވެ. އަދި މިހާރުވެސް އޭނާ ހުރީ ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް