ads
ހަނިމާދޫއަށް ޖެއްސި އިންޑިއާގެ އަސްކަރީ މަތިންދާބޯޓް--
އިންޑިޔާއިން ތަމްރީންކުރި ޕައިލެޓުން ވަރަށް އަވަހަށް ދުއްވަން ފަށާނެ: އެމްއެންޑީއެފް
އިންޑިޔާއިން ތަމްރީންތައް ފުރިހަމަކުރި ޕައިލެޓުން ވަރަށް އަވަހަށް މަތިންދާ ބޯޓު ދުއްވަން ފަށާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެ ފޯސްއިން ބުނީ މިހާރު އެޕައިލެޓުން ވަނީ ތަމްރީންތައް ނިންމާފައި ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެޕޮއިންޓްމަންޓްގެ ކަންކަމާއި، އިދާރީ ގޮތުން ކުރަންޖެހޭ ކަން ފުރިހަމަ ކުރުން ކަމަށެވެ.

ކުރިން އިންޑިއާ އިން ބުނެފައިވަނީ، ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ދިވެހި ސިފައިންގެ ޕައިލެޓުން ތަމްރީނު ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ތިން ޕައިލެޓަކު ތަމްރީނުތައް ނިންމައިގެން އެނބުރި އައިސްފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން މާގިނަ ތަފުސީލެއް އެމްއެންޑީއެފަކުން އަދި ނުދެ އެވެ.

އިންޑިއަން ހައިކޮމިޝަނުން މިދިޔަ ހަފްތާގައި ބުނީ ޕައިލެޓުންގެ އިތުރުން، ޑޯނިއާ މަތިންދާބޯޓަށް ބޭނުންވާ ފަންނީ މީހުން ވެސް އިންޑިއާ އިން ތަމްރީނު ކުރަމުން ގެންދާ ކަމަށެވެ.

ވޭތުވެދިޔަ މަހެއްހާ ދުވަހުގެތެރޭ އިންޑިޔާއިން ތިން ޕައިލެޓަކު ތަމްރީން ނިންމާފައިވެއެވެ.

މަތިންދާބޯޓާއި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އިންޑިއާގެ ޕައިލެޓުންނާއި ޓެކްނިކަލް މީހުން ހަރަކާތްތެރިވާތީ އިދިކޮޅު ފަރާތްތަކުން އިންޑިއާއަށާއި ދިވެހި ސަރުކާރަށް ގެންދަނީ ފާޑު ކިޔަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް