ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އދ ގެ އާންމު މަޖިލީހުގައި މިރޭ ވާހަކަފުޅުދައްކަވަނީ-
ރާއްޖެ އޮތީ ދުނިޔެއަށް މަރުޙަބާ ކިޔުމަށް ޒީނަތްވެ ތައްޔާރަށް، ވަޑައިގަންނަވާ! ރައީސް
ރާއްޖެ އޮތީ ދުނިޔެއަށް މަރުޙަބާ ކިޔުމަށް ޒީނަތްވެ ތައްޔާރުވެފައި ކަމަށާއި ރާއްޖެއަށް ވަޑައިގެންނެވުމަށް ދުނިޔޭގެ ކަންކޮޅުތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

"ސްކޫލްތައް ފެށިއްޖެ. ވިޔަފާރިތައް ހިނގައިގެންފި. ބޯޑަރާއެކު ރިޒޯޓުތައް ހުޅުވިއްޖެ. ރާއްޖެ އޮތީ ދުނިޔެއަށް މަރުޙަބާ ކިޔުމަށް ޒީނަތްވެ ތައްޔާރުވެފަ. ވަޑައިގަންނަވާ" ރައީސް ވިދާޅުވިއެވެ.

މިރޭ އދ. މަޖިލީހުގައި ތަގްރީރު ކުރައްވަމުން ރައީސް ވިދާޅުވީ، މުޅި ދުނިޔެ ތަހައްމަލުކުރަން ޖެހުނު ކޯވިޑް-19ގެ ބަލިމަޑުކަމަކީ ދިވެހިރާއްޖެ ދުށް އެންމެ ބޮޑު ގޮންޖެހުން ކަމަށާއި، އަޅުގަނޑުމެންގެ އިގްތިސާދުގެ ނާރެސް ބަރޯސާވަނީ ފަތުރުވެރިކަމަށް ކަމަށެވެ. ވިދާޅުވީ ކާބޯތަކެއްޗާއި، ބޭހާއި އަދި ބޯހިޔާވަހިކަމަށް ބޭނުންވާ ތަކެތި ޖެހެނީ ބޭރުން ގެންނަން ކަމަށެވެ.

ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ތަހައްމަލް ކުރަން ޖެހުނު ކަމަށާއި، ފަތުވެރިކަން މުޅިން ހުއްޓުނު ކަމަށް ރައީސް ވިދާޅުވިއެވެ.އޭގެ އިތުރުން ބޭރު ފައިސާ ލިބުން ދަތިވި ކަމަށާއި، ވިޔަފާރިތައް ހުއްޓުމަކަށް އައި ކަމަށްވެސް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން ފުރަބަންދުގެ ސަބަބުން ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަން އެނދުމަތިވި ކަމަށާއި، ދެލޯ ނޭދި އެދޭ އަޅުގަނޑުމެންގެ ދަރީންގެ ތަޢުލީމު، އަހަރުތަކަކަށް ފަހަތަށްޖެހުނު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިކަންކަމާ ކުރިމަތިލުމުގައި އިހަށް ވިސްނަންޖެހުނީ، މިކަމުގައި ވިސްނަންވީ ގޮތަކީ ކޮބައިތޯ؟ ބޯޑަރުތައް ބަންދުކުރީ، ހިތާއި ޒަމީރު ރުހިގެން ކުރިކަމެއް ނޫން. ބަޔަކު އެކަމަށް އެދޭތީއެއްވެސް ނޫން. އެކަމަކު އެ އުނދަގޫ ނިންމުން ނިންމަން އެވަގުތު ޖެހުނު. މި ބަލިމަޑުކަމާ ކުރިމަތިލުމަށް އަޅުގަނޑުމެން ފަށަންޖެހުނީ ސުމަކުން. އޭރު އަދި ވެކްސިން އޮތީ ހަމައެކަނި ދެކޭ ހުވަފެނެއްގެ ގޮތުގައި. މި ބަލިމަޑުކަމުގެ ތެރެއިން މިހިސާބަށް އާދެވެންދެން އަޅުގަނޑުމެން ކަށަވަރުކުރި ވަކި ކަންތައްތަކެއް ހުރި." ރައީސް ވިދާޅުވިއެވެ.

އެއީ ކަމާބެހޭ ޞިއްޙީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތީގައި ދެމިތިބުން ކަމަށާއި، މުވައްޒަފުންނާއި، މުއައްސަސާތަކާއި، ވޮލަންޓިއަރުންގެ ސަފުތައް ރުކުރުވައިލުމާއި، ކާޑާއި، ބޭހާއި ތެލާއި، އެނޫންވެސް ޒަރޫރީ ތަކެތީގެ ސްޓޮކް ގުދަންކުރުން ކަމަށް ރައީސްގެ ތަގްރީރުގައި ފާހަގަ ކުރެއްވިއެވެ.

ނަތީޖާއެއްގެ ގޮތުން އެދުވަހު ޤައުމުލީ ފުން ނޭވާއަށް މިވަގުތު ވަނީ ހަމަޖެހުމެއް ލިބިފައިކަމށާއި، އެމަނިކުފާނު މިއަދު އެތާހުރެ މި ވާހަކަ ދައްކަވާއިރު، ވެކްސިން ޖެހޭ ޢުމުރުފުރައިގެ 95 އިންސައްތައަށްވުރެ ގިނަ ކިޔަވާކުދިންގެ ވެކްސިން ފުރިހަމަވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 85 އިންސައްތައަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް