ads
ސިވިލް ސާރވަންޓުންގެ މުސާރަ ބޮޑު ނުވާތީ ކަންބޮޑުވުން ފާޅުކޮށް ކުރި އިޖުތިހާދުގެ ތެރެއިން..ފޮޓޯ/ފޭސްބުކް
މިއަދު ކަނޑައަޅަން އޮތް މިނިމަންވޭޖް ކަނޑައެޅުން ފަސްކޮށްފި
މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެން މިއަދު ކަނޑައަޅާނެ ކަމަށް ބުނި މިނިމަމްވޭޖް ކަނޑައެޅުން މާދަމާއަށް ފަސްކޮށްފި އެވެ.

މިނިމަމްވޭޖް ކަނޑައެޅުމަށް ކުރިން ސަރުކާރުން ތާރީހްތަކެއް އިއުލާނު ކުރި ނަމަވެސް އެއަށް އަލިމަގެއް ފެނިފައި ނުވާތީ ދިވެހި ސިވިލް ސާވަންޓް އެސޯސިއޭޝަނުން އިސް ނަގައިގެން ބޮޑު ހަރަކާތެއް ވަނީ ފަށާފައެވެ.

އެގޮތުން ގިނަ ސިވިލް ސާވަންޓުން މިދިޔަ ބުދަ ދުވަހު ބައެއް އޮފީސްތަކުގައި މަސައްކަތް ކުރުން ހުއްޓާލާ ކަޅު ހެދުމުގައި ފެށި އިހްތިޖާޖާއި ގުޅިގެން މިނިމަމްވޭޖް ބޯޑުން ބޭއްވި ބައްދަލުވުމަކަށްފަހު މިއަދު މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެން މިނިމަންވޭޖް ކަނޑައެޅާނެ ކަން ވަނީ ހާމަކޮށްފައެެވެ. އެގޮތުން އެ ބޯޑުގެ މެމްބަރު އަދި ޓީމުގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާހިރު (މާއްޓެ) އެދުވަހު މީޑިއަތަކަށް ވިދާޅުވެފައިވަނީ، މިނިމަމްވޭޖުގެ ގޮތުގައި ދޭނެ ވަރެއް ކަނޑައެޅުމަށް ފަހު، އެކަން އިކޮނޮމިކް މިނިސްޓްރީއާ ހިއްސާ ކުރެވިގެންދާނެ ކަމަށެވެ. 

ނަމަވެސް މިިނިމަމްވޭޖް ކަނޑައެޅުމުގެ ބައްދަލުވުން ބާއްވަންް މިހާރު ނިންމާފައިވަނީ މާދަމާ މެންދުރު 2:00 އަށެވެ. މިިނިމަމްވޭޖް ކަނޑައެޅުމުގެ ބައްދަލުވުން ފަސްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. 

ވަޒީފާއާ ބެހޭ ގާނޫނު ބުނާގޮތުން މިނިމަމްވޭޖް ކަނޑައަޅާނީ ވޭޖް ބޯޑު މެންބަރުންގެ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓާރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާގޮތުގައި، މިނިމަމް ވޭޖް ކަނޑައެޅުން ލަސްވަނީ، ވޭޖް ބޯޑުން ގޮތެއް ނިންމުން ލަސްވާތީ އެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމުން އޭގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ އެންމެ ކުޑަ މުސާރަ ލިބޭ މުވައްޒަފުންނަށް ކަމަށް ވާއިރު މީގެ ކުރިން ސަރުކާރުން މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައި އޮތް ސީލިންގަކީ 6،700ރ. އާއި 8،900ރ. އާ ދެމެދުގެ އަދަދެކެވެ. އެހެން ނަމަވެސް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދޭން ނިންމާފައިވާ އަދަދެއް އަދި ނޭންގެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް