ތިން ކޮޓަރި އަދި ތިން ފާޚާނާގެ 2800 ޔުނިޓް އަދި ދެ ކޮޓަރި އަދި ދެ ފާޚާނާގެ 1200 ޔުނިޓް މި ޕްރޮޗެކްޓްގެ ދަށުން އެޅުމަށް ވަނީ އެއްބަސްވެވިފައެވެ.
އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި އަޅާ ނެޝަނަލް ކޮލެޖު ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސްގެ ބިޔަ މަޝްރޫޢު ހިނގަމުން ދަނީ ވެސް އިންޑިއާ ސަރުކާރުގެ ބްލޫ ޗިޕް ކުންފުންޏެއް ކަމަށްވާ އެންބީސީސީއިންނެވެ. މީގެ އިތުރުން މި ކުންފުނިން ވަނީ ޕޯޓް ލުއީސްގައި މޮރިޝަސްގެ ސުޕްރީމް ކޯޓުއެޅުމުގެ މަސައްކަތް ނިންމާފައެވެ. މި މަޝްރޫގެ މަސައްކަތް ނިމި ކޯޓު ހުޅުވައިދެއްވީ އިންޑިއާގެ ޕްރައިމްމިނިސްޓަރ މޯދީ އަދި މޮރިޝަސްގެ ޕްރައިމްމިނިސްޓަރ ޕްރަވިންދް ޖަގްނަތްއެވެ. އަދި އެފްރިކާގެ ނިގަރ ސްޓޭޓްގައި މަހާތުމާ ގާނދީ އިންޓަނެޝަނަލް ކޮންވެންޝަން ސެންޓަރު ވަނީ ބިނާކޮށްފައެވެ. 2020ވަނަ އަހަރު ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒްގެ މިނިސްޓަރުންގެ ކޮންވެންޝަން ބޭއްވީ މި ސެންޓަރު ގައެވެ.
ޖޭއެމްސީ އަކީ އިންޑިޔާގެ އެއްމެ ބޮޑު އެއް އީޕީސީ ކުންފުންޏެވެ. ތިން ގަރުނުގެ ތަޖުރިބާހުރި ޖޭއެމްސީއަކީ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް އަދި ދަތުރުފަތުރު ނިޒާމް ގާއިމްކުރުން، ލޭންޑް އެންޑް ވޯޓަރ ކޮންސްޓްރަކްޝަން އަދި އަރބަން އިންފްރާސްޓްރަކްޗާގެ މަސައްކަތަށް ޝައުގުވެރިކަން ހުންނަ ކުންފުންޏެކެވެ.
ދިވެހި ސަރުކާރުގެ ބޯހިޔާވަހިކަން އަތްފޯރާފަށުގައި ފޯރުކޮށްދިނުމުގެ ވައުދު ފުއްދުމުގައި ބައިވެރިވެވުމަކީ އިންޑިއާއަށް ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ.