ads
ކޮވިޑް-19 ޑިޖިޓަލް ޕާސްޕޯޓު----
ކޮވިޑް ވެކްސިން ޑިޖިޓަލް ޕާސްޕޯޓް ރަސްމީކޮށް ބޭނުންކުރަން ފަށައިފި
މިދިޔަ މަހު ތައާރަފުކުރި "ކޮވިޑް-19 ވެކްސިން ޑިޖިޓަލް ޕާސްޕޯޓް" މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ.
Advertisement

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ތައާރަފު ކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން އެ ޕާސްޕޯޓު ދިއައީ ބޭނުންކުރަމުންނެވެ. 

ނަމަވެސް މިއަދު މި ޕާސްޕޯޓު ރަސްމީކޮށް ބޭނުންކުރަން ވަނީ ފަށާފައެވެ. ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، މިއަދު ރަސްމީކޮށް މި ޕާސްޕޯޓު ބޭނުންކުރެވިގެންދިޔައީ މީގެ ކުރިން ޕާސްޕޯޓުގައި ފުރިހަމަ ނުވެ ހުރި ކަންކަން ފުރިހަމަކޮށް ބައިނަލް އަގުވާމީ ދުނިޔޭގައި މި ޕާސްޕޯޓު ފަސޭހަ ކަމާއިއެކު ބޭނުންކުރެވޭ ގޮތަށް ކަމަށެވެ.  

މި ޕޯޓަލް މެދުވެރިކޮށް ވެކްސިން ސްޓޭޓަސް އާއި، މޮބިލިޓީ ސްޓޭޓަސްގެ އިތުރުން އެމީހަކު އެންމެ ފަހުން ނެގި ކޮވިޑް ސާމްޕަލްގެ ނަތީޖާ ބަލާލެވޭނެ އެވެ. މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ބަލާލުމަށް އިތުރު ރަޖިސްޓްރޭޝަނެއް ފުރިހަމަ ކުރާކަށް ނުޖެހެ އެވެ. ޕޯޓަލްގައި އެމީހެއްގެ އައިޑީ ކާޑު ނަމްބަރު އަދި ފޯނު ނަމްބަރު ޖެހުމުން އެމީހެއްގެ މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ. 

މި ޑިޖިޓަލް ޕާސްޕޯޓަކީ ކުރިއަށް އޮތްތާ ދަތުރުފަތުރު ކުރުމުގައާއި އެހެނިހެން ހިދުމަތް ދެނެގަތުގައި ވެކްސިން ޖަހާފައިވާ ފަރާތްތައް ދެނެގަތުމަށް ބޭނުން ކުރާނެ ރަސްމީ ޕޯޓަލް އެވެ.

ދިވެހި ރާއްޖޭގެ ޑިޖިޓަލް ވެކްސިން ޕާސްޕޯޓުގެ ގޮތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ރަސްމީ ވެކްސިން ޕާސްޕޯޓު ބޭނުން ކުރަމުންދަނީ ކޮވިޑްސޭފްގެ ނަމުގައި ތައާރަފު ކޮށްފައިވާ ޕޯޓަލް އަކުންނެވެ. 

ކޮވިޑް ސޭޕް ޕޯޓަލް އަކީ ކޮބާ؟

ކޯވިޑްސޭފް އިން އެއްތަނަކުން ތިމާގެ ކޯވިޑް-19 ގެ ހާލަތު ބަލައިލާ ހިއްސާ ކުރެވޭނެއެވެ. ރާއްޖޭގެ ކޯވިޑްސޭފް ޕޯޓަލް އަކީ މިނިސްޓްރީ އޮފް ހެލްތުގެ ރަސްމީ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ޕާސްޕޯޓެވެ. ކޯވިޑްސޭފް އެމްވީ އަކީ މިނިސްޓްރީ އޮފް ހެލްތު، ދިވެހިރާއްޖޭގެ ރަސްމީ ކޮވިޑް ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ޖެނެރޭޓްކޮއްދޭ ޕޯޓަލް އެވެ.

ކޯވިޑްސޭފް އިން ތިރީގައިވާ ޙާލަތުތައް ޑިޖިޓަލް ކޮށް ކަށަވަރު ކޮށްދޭނެއެވެ.

  • ވެކްސިން ޑޯޒް
  • ކޮވިޑް-19އިގެ ސިއްހީ ހާލަތު
  • ކަރަންޓީން ހާލަތު
  • އެންމެ ފަހުގެ ކޮވިޑް-19އިގެ ޓެސްޓުތަކުގެ ނަތީޖާ

ކޯވިޑްސޭފް ބޭނުން ކުރާނީ ކޮން ހާލަތެއްގައި؟

މީހެއްގެ ކޯވިޑްސޭފް ހާލަތަކީ ކޮވިޑްގެ ސިއްޙީ ޙާލަތު އަންގައިދީ އަދި ޑިޖިޓަލްކޮށް ކަށަވަރުކޮއްދޭ ލިޔުމެކެވެ. މީހެއްގެ ކޯވިޑްސޭފް ޙާލަތައް ބިނާކޮށް ދެވޭ މި ރަސްމީ ލިއުމަކީ ވަދެ ނިކުތުން ނުވަތަ އަރާ ފޭބުން މަނާ ތަންތަނުގައި ބޭނުން ކުރެވޭނެ ގޮތަށްވެސް ފަރުމާ ކުރެވިފައިވާ ރަސްމީ ލިޔުމެކެވެ. ސައްޙަ ޑިޖިޓަލް ކޯވިޑްސޭފް ޙާލަތުދެއްކުމުން ރާއްޖޭގެ އެއްވެސް ސަރަހެއްދެއްގައި އިތުރު އެއްވެސް ފިޒިކަލް ލިޔުމެއް ބޭނުމެއް ނުވާނެއެވެ.

މައުލޫމާތު ރަނގަޅު ނޫންނަމަ ހަދާނީ ކިހިނެއް؟

ކޯވިޑްސޭފްއިން ފެންނަ ހުރިހާ މަޢުލޫމާތަކީ އެޗްޕީއޭގެ ކޮވިޑް-19ގެ އިޖާބައަށް ބޭނުންކުރާ ނިޒާމްތަކުން ފެންނަ މަޢުލޫމާތެވެ. ފެންނަ އެއްވެސް މަޢުލޫމާތެއް ރަނގަޅު ނޫންނަމަ އޮންލައިންކޮށް ނުވަތަ 1676 މެދުވެރިކޮށް އެޗްޕީއޭއަށް އެންގުމުން ހުށަހަޅާ މައްސަލަ އޮންލައިން ސަޕޯޓް ސިސްޓަމެއް މެދުވެރިކޮށް ވީ އެންމެ އަވަހަކަށް ހައްލު ހޯދަދޭން އެޗްޕީއޭއިން މަސައްކަތްކޮށްދޭނެއެވެ.

އަހަރެންގެ މައުލޫމާތު ބެލޭނީ ކޮންބަޔަކަށް؟

މީހެއްގެ މައުލޫމާތު ހަމައެކަނި ފެންނާނީ އެޗްޕީއޭއަށް އެމީހަކު ދީފައިވާ ފޯނު ނަންބަރެއް މެދުވެރިކޮށް އެމީހަކު ކަށަވަރުކުރެވިގެންނެވެ. ނުވަތަ ތިމާގެ ކޮވިޑްސޭފް ގެ ހާލަތު ވަގުތީކޮށް އަމިއްލައަށް ޝެއަ ކުރުމުންނެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް