ads
އަންހެން ގައުމީ ޓީމުގެ އޮފިޝަލުން
ވިއެޓްނާމުން އަންހެން ޓީމު ކޮޅަށް 16 ލަނޑު
ގައުމީ އަންހެން ޓީމުކޮޅަށް ވިއެޓްނާމުގެ އަންހެން ޓީމުން 16 ލަނޑު ޖަހައިފިއެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ވިއެޓްނާމުން ރާއްޖެ ކޮޅަށް 16 ލަނޑު ޖެހީ ބުރާސްފަތި ދުވަހުގެ ރޭ ތަޖަކިސްތާނުގައި ކުޅުނު މެޗުގައެވެ.

މިއީ އަންނަ އަހަރު އިންޑިޔާގައި އޮންނަ އޭޝިއަން ކަޕް އަންހެނުންގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗެވެ. ދެން ބާކީ އޮތީ އަންނަ ހަފުތާގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ. ރާއްޖެއާ ތަޖަކިސްތާނު އަދި ވިއެޓްނާމް ހިމެނޭ ގްރޫޕުގައި ކުރިން އަފްޣާނިސްތާނުވެސް ހިމެނުނު ނަމަވެސް އެ ޓީމުވަނީ މުބާރާތުން ވަކިވެފައެވެ.

އަންހެން ޓީމުކޮޅަށް ސޯޅަ ލަނޑު ޖެހިއިރު، އެ ޓީމުންވަނީ މި މެޗުތަކަށް ތައްޔާރުވުމަށް ޔޫއޭއީގައި ކޭމްޕުކޮށް އެގައުމުގައި ދެ މެޗެއްވެސް ކުޅެފައެވެ. އެހެންނަމަވެސް އަންހެން ޓީމު ކޮލިފައިންއަށް ދިޔައިރު ޓީމުގައި ކޯޗެއްވެސް ނެތެވެ. ވަގުތީ ގޮތުން ޓީމާ ހަވާލުވެގެން ތަޖަކިސްތާނަށް ދިޔައީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރެވެ. ދެން ޓީމުގައި ހިމެނުނު ކޯޗިން ސްޓާފުންނަކީ ފުޓްބޯޅަ ކުޅުނު ނަމަވެސް ކޯޗިންގެ މާ ބޮޑު ތަޖުރިބާއެއް ނެތް މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް