ads
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
މިހާތަނަށް ދުށް އެންމެ އަނިޔާވެރި ވެރިއަކީ ރައީސް ސޯލިހު: ސައީދު
ދިވެހިރާއްޖެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި ވެރިއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ޕީއެންސީގެ ނައިބު ރައިސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީން ގައުމު ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ދިޔައިރު އަޑުގަދަކޮށް މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ދެއްކީ އިންސާފުގެ ދަތުރެއްގެ ވާހަކަ ކަމަށެވެ. ނަމަވެސް ވެރިކަން އެހޯދި ގޮތަކަށް ހޯދުމަށްފަހު މިއަދު ތަޖްރިބާ ކުރަން ޖެހިފައި މިއޮތީ އަނިޔާގެ ދަތުރު ނޫން ދެން ކޯޗެއްތޯ ސައީދު ސުވާލު ކުރެއްވިއެވެ. އަދި އަނިޔާވެރިކަން ވެރިއަކަށް ދެއްކޭނެ އެންމެ ފުޅާކޮށް ސޯލިޙު އެދަނީ ފާޅުކޮށް ދައްކަވަމުން ކަމަށް ސައީދު ވިދާޅުވިއެވެ.

"ދިވެހިރާއްޖެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި ވެރިއަކީ ރައީސް ސޯލިހު. ހަމަ ގައިމުވެސް މިކަމުގެ އެންމެ ސާފު ހެއްކަކަށް ވާނީ އިންޑިޔާ ކަނޑުގަ ވަރަށް ރީތި ގައުމެއްގައި މުސްލިމުންގެ ގޮތުގައި މިގައުމު އޮއްވާ މިވެރިކަން އައި ހިސާބުން ލާދީނީ ބޮކިތައް ޖަހަން ފަށައިފި. އެމްޑީއެންގެ ރިޕޯޓުގައި ސީދާ  ރަސޫލާއަށް ފުރައްސާރަކޮށް ދީނަށް ފުރައްސާރަކޮށް މުސްލިމުންގެ އަގީދާއަށް ޗެލެންޖް ކޮށް މުސްލިމުންގެ އުޅުން ހުތުރު ކަމަށްބުނެ އެތައް ބަސްތަކެއް ދީނާ ބެހޭގޮތުން ފެންމަތި ކުރީމާ މިގައުމުގެ ރައީސްއަކަށް ހުރި ބޭފުޅާއަށް ކެރިވަޑައެއް ނުގަތް އެބޭފުޅުންނަށް ފިޔަވަޅު އަޅާކަށް. މިއަށްވުރެ ބޮޑު އަނިޔާއެއް އިންސާނިއްޔަތަކަށް ދެވޭނެ ވެރިއަކު ނިކަން ދައްކަބަލަ." ސައީދު ވިދާޅުވިއެވެ.

ދިވެހި ގައުމު މިއަދު މިއޮތީ އަޅުވެތި ކޮށްފައި ކަމަށާއި  ގައުމުގެ  ހުރިހާ ކަމެއް. ރީތި އެތައް ފަޅެއް. ރައްޔިތުންގެ މުހިއްމު އެތައް ބިންތަކެއް އެތައް ސަރަހައްދަކުން، ވައިގެ މިނިވަންކަން، އިގްތިސާދީ މިނިވަންކަން، ސިނާއަތްތަކުގެ މިނިވަންކަން، އަޅުގަނޑުމެންގެ އަތުން ކޮންޓްރޯލް އެހެން ބަޔަކަށް ދޫކޮށްލައިފި ކަމަށް ސައީދު ވިދާޅުވިއެވެ.

5 އަހަރަކުން މިކުޑަ ކުޑަ ދިވެހިރާއްޖެ އެތައް އަހަރެއްގެ ތަރައްގީ ގެނެސްދެއްވި އަދި 5 އަހަރުގެ ކާމިޔާބުވެރިކަމެއް ކުރެއްވި މިހާރުގެ އިދިކޮޅު ލީޑަރު ޖަލަކު  ނުބެހެއްޓޭނެ ކަމަށާއި ރައްޔިތުން ނުކުމެ މިނިވަން ކުރަންޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ. " އިންޑިއާ ބޭނުންވީމަ، ރައީސް ސޯލިހު ބޭނުންވީމަ، ކޯލިޝަންގެ ލީޑަރުން ބޭނުންވީމަ ރައީސް ޔާމީން ޖަލަކު ނުބެހެއްޓޭނެ. ތުހުމަތު ކުރުން ފިޔަވާ ސާބިތު އެންމެ ހެއްކެއް ދައްކަބައްލަވާ ރައީސް ޔާމީން ޖަލުގައި ބެހެއްޓޭނެ."  ސައީދު ވިދާޅުވިއެވެ.

 ރައީސްޔާމީންއާ ދޭތެރޭގައި މިސަރުކާރާ ސަރުކާރުގެ ކޯލިޝާންގެ ބައިވެރިން ނުކުރާކަށް ތުހުމަތެއްނެތް ކަމަށާއި  އެކި އެކި ސަރުކާރުތަކަށް ގޮސް ރައީސް ޔާމީނާބެހޭގޮތުން އެކި ދޮގު ވާހަކަތައް ދެއްކީ ހަމަ އެންމެ ބޭނުމެއްގައި ކަމަށްވެސް ވިދާޅުވިއެވެ.  

"ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ރައީސް ޔާމީން ޖަލަށްލާ މިޕާޓީގެ ހުރިހާ ފައިސާއެއްގައި ތަޅުއެޅުވީ. . ނަތީޖާއަކީ އެމްޑީޕީއަށް 65 ގޮނޑި ވެދުމަށް ލާފައި ބޭރުގެ ގައުމަކާ މިސަރުކާރު ގެނައި މީހުންވެގެން ދިނީ ނޫންތޯ؟ އޭގެ ނަތީޖާ ނޫންތޯ މިއަދު ގައުމުން ބެލެންސް ގެއްލިގެން މިއުޅެނީ. ގާނޫނުހަދާ މަޖިލީހާއި ޖޭއެސްސީއާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ތަފްސީލަކަށް ދާކަށްނެތިން. ދިވެހިރާއްޖޭގައި ހުރި ފައިސާއާއި ވަގަށް އެނަގާ ފައިސާއާއި ދިވެހިރާއްޖެ ތަރައްގީ އަޑިއަށްތޯދަނީ މައްޗަށްތޯ ދަނީ މިވާހަކަތަވެސް ދައްކާކަށް ނެތިން. ވަގަށްނެގީ ހަމައެކަނި ވެރިކަމެއްނޫން. ދިވެހިރާއްޖޭގެ ބެލެންސްވެސް ވަގަށް ނެގީ." ސައީދު ވިދާޅުވިއެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ވޯޓް ފޮށްޓަށް ވައްޓާލި ކަރުދާސްކޮޅަކީ އަޅުވެތި ކަމުގެ ވޯޓެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީން  ތުހުމަތެއްގައި ތަޅުއެޅުވުމަކީ އެމަނިކުފާނު ދިފާއުގައި ކުރެއްވި ކަންކަން ބަޔަކަސް ގޯސްވެއްޖެކަން ނޫން ކޮންކަމެއްތޯ ސައީދު ސުވާލުކުރެއްވިއެވެ. ރައީސް ޔާމީން ނަގާ ޖަލަށްލާފައި އެހެރީ ދިވެހިން އިންޑިޔާ ކަނޑުގައި މިނިވަންކަމާއެކު އުޅެ  ރާއްޖޭގެ އިގްތިސާދީ  ދެވެންއޮތް ރާސްތާ އެހިސާބަށް ގޮއްސިއްޔާ ދިވެހިން މާބޮޑަށް ފުދުންތެރި ބަޔަކަށް ވެދާނެ ކަމުގެ ބިރު ހީވި ބަޔަކު ކަމަށާއި  ރާއްޖޭގެ މިނިވަންކަމާ މިކަމާ ގުޅެނީ އެހިސާބުން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.  

ސައީދު ވަނީ އުތުރުތިލަފަޅު އެއްބަސްވުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ޚިލާފު ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. އަދި އިންޑިޔާގެ މިލިޓަރީ ބޭސްއެއް ހަދަން އެތަން ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.  

ނެޝަނަލް ޑިފެންސް ފޯސްއަކީ ދިވެހިރާއްޖެ ވަށާއިގެން ބަޑި ހިފައިގެން ހަމައެކަނި ތިބެންޖެހޭ ބައެއް ނޫން ކަމަށާއި ނެޝަނަލް ޑިފެންސްއަކީ  ރާއްޖޭގެ ކުރިމަގަށް އަންނަ މިކަހަލަ ފިކުރީ ޗެލެނެޖްތަކުގައިވެސް ސާބިތު ކަމާއެކު ތެދުވެ ވަތަން ދިފާއު ކުރުން ކަމަށްވެސް ވިދާޅުވިއެވެ. " އެއްވެސް ސިފައިގެ ބޭފުޅަކަށް ވިދާޅެއް ނުވެވޭނެ އުތުރު ތިލަފަޅު ދީފައިއޮތީ ގާނޫނުއަސާސީއާ އެއްގޮތަށޭ. ގާނޫނުއަސާސީއާ ޚިލާފަށް އެކަން ކުރި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ." އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާއި ކޮށްފި ވެރިއަކު ޖެހޭނީ އަމިއްލަ އަށް ވެރިކަމުން ފައިބަން ނުވަތަ ވެރިކަމުން ބާލަން ކަމަށް ސައީދު ވިދާޅުވިއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް