 
                                                                                                
                    އެރަށުން ބޮމެއް ފެނުނު ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ، 21 ސެޕްޓެންބަރު ވަނަ ދުވަހު ގްރެނޭޑެއް ކަމަށް ބެލެވުނު އެއްޗެއް އެމްއެންޑީއެފް އާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ އިސްދޫ އިން ހޮވި އެއްޗަކީ އެމްއެންޑީއެފުން ބަލައި ޗެކް ކުރިއިރު ގްރެނޭޑެއްގެ ސިފައަށް ހަދާފައި އޮތް ގޭސް ލައިޓަރެއް ކަމަށެވެ. އަދި އެއީ އެއްވެސް ނުރައްކަލެއް ހުރި އެއްޗެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އިސްދޫން ގްރެނޭޑެއް ފެނިގެން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އެ ފެނިފައިވަނީ އެރަށު ކޮންނަމުން ދިޔަ ސަރަހައްދަކުން ކުޑަ ކުއްޖަކަށް ކަމަށް ވެއެވެ.
އެ ގޭސް ލައިޓަރު ފެނިފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.