ads
ތާޕްސީ
ފިރިހެނެއްގެ ހަށިގަނޑުކަމަށް ބުނެ ފާޑުކިޔުމުން ތާފްސީ ރައްދު ދީފި
ބޮލީވުޑަށް ތައާރަފްވި އާތަރިންގެ ތެރެއިން އެންމެ ބޮޑަށް މަޝްހޫރުކަން ހޯދަމުން އަންނަ އެކަކީ ތާޕްސީ އެވެ.

އެންމެ ފުރަތަމަ ކުޅުނު ފިލުމުން ފެށިގެން އޭނާ ދަނީ މެދު ނުކެނޑި އެކި ފިލްމްތަކުގައި ހަރަކާތްތެރިވަމުންނެވެ.

އަދި ހަމަ އެހެންމެެ އޭނާ ޓްވިޓާގައި ފާޅުކުރާ ހިޔާލުތަކާއި ހެދި އެންމެ ބޮޑަށް ޓްރޯލްވާ އެއް ތަރިއަކީވެސް އޭނާ އެވެ.

މިފަހުން އޭނާ ސޯޝަލް މީޑިއާގައި އާއްމުކުރި ފޮޓޯއަކާއި ހެދިވެސް އޭނާ ދަނީ ޓްރޯލްވަމުންނެވެ. ފުރަގަހަށް އެބުރިހުރެ ނަގާފައިވާ ފޮޓޯއަކުން އޭނާގެ ޓޯން ބޮޑީ ފެންނައިރު އެކަމަށް ފާޑުކިޔައި އާއްމުންގެ މީހަކު ވަނީ "އެކަހަލަ ފިރިހެނެއްގެ ހަށިގަނޑެއް ހުންނަ އަންހެނަކަށް ހުންނާނީ ހަމައެކަނި ތާޕްސީ" ކަމަށް ބުނެ ޓްވީޓްކޮށްފައެވެ.

އެކަމަށް ރައްދުދީ އޭނާ ޓްވީޓެއްގައި ބުނީ އެކަން ބަލައިގަންނަނީ ކުރި ތައުރީފެއްގެ ގޮތުގައި ކަމަށާއި، އެ ތައުރީފު ލިބިގަތުމަށް އޭނާ ވަރަށް ބުރަ ކޮށް މަސައްކަތް ކުރި ކަމަށެވެ.

އެ ފޮޓޯއަކީ އޭނާގެ ކުރިއަށް އޮތް ފިލްމް ރަޝްމީ ރޮކެޓްގެ ކެރެކްޓައަށް ފިޓުވުމަށް އޭނާ ހަށިގަނޑު ބައްޓަން ކުރި ގޮތް ދައްކައިދެން އޭނާ ހިއްސާކުރި ފޮޓޯއެކެވެ. 

ރާޕްސީ ބުނީ އެއީ މުޅިން ތަފާތު ތަޖުރިބާއެއް ކަމަށާއި، އެ ފިލުމްގެ ސަބަބުން އޭނާގެ ދިރިއުޅުންވެސް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އެ ބަދަލު އޭނާ ސިފަކުރަނީ ވަރަށް ރަނގަޅު ބަދަލެއްގެ ގޮތުގައެވެ.

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް