ads
އަކްޝޭ އާއި ފިލުމް ކުރޫ——
މަހަރަޝްތުރާގެ ތިއޭޓަރުތައް ހުޅުވާލަނީ: ފުރަތަމަ ފިލުމަކަށް އަކްޝޭގެ ސޫރިޔަވަންޝީ!
ރޯހިތު ޝެޓީ ޑައިރެކްޓުކޮށް ރިލީޒްކުރަން ތައްޔާރުވެފައި އޮތް ފިލްމު ސޫރިޔަވަންޝީ އަކީ ރިލީޒްކުރާކަން ހާމަކުރީންސުރެ ބެލުންތެރިން ދިގު އިންތިޒާރެއް ކުރަމުން އައި ފިލުމެކެވެ.

ނަމަވެސް ފިލުމް ޝޫޓިން ނިންމާ ސިނާމާތަކުގައި އަޅުވަންތައްޔާރުވެފައި ވަނިކޮށް އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ ސިނާމާތައް ބަންދުކުރުމުން މި ފިލްމު އޮތީ ރިލީޒް ކުރުން މަޑު ޖައްސާލާފައެވެ.

މަހަރަޝްތްރާގެ ސުނާމާތައް އަންނަ އޮކްޓޯބަރު 22 ގައި ހުޅުވާލާނެކަން ޗީފް މިނިސްޓަރު އުދަވް އިއުލާންކުރުމާ އެކު ރޯހިތު ވަނީ ދިވާލީ އާއި ދިމާކޮށް ސިނަމާގައި ފިލުމު އަޅުވާނެކަން އިއުލާންކޮށްފައެވެ.

އަކްޝޭ ކުމާރު އަދި ކެޓުރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ މި ފިލުމު އަޅުވާކަން އިއުލާން ކުރުމާއިއެކު މިކަމުގެ އުފަލުގައި އަކްޝޭ ވެސް ވަނީ ޓްވީޓުކޮށް ޗީފް މިނިސްޓަރަށް ޝުކުރު އަދާކޮށް ތައުރީފު ކޮށްފައެވެ.

އަކްޝޭ ބުނީ ޗީފް މިނިސްޓަރަށް އެތައް އާއިލާއަކުން އެކަމަށްޓަކައި ޝުކުރު އަދާކުރާނެ ކަމަށާއި، ސިނަމާތައް ހުޅުވާލަން ހުއްދަދިނީތީ ވަރަށް އުފާވާ ކަމަށެވެ. އަދި ދެން އެއްވެސް މީހަކު ހުއްޓުވަން އުޅުނަސް ނުހުއްޓުވޭނެ ކަމަށާއި، ސޫރިޔަވަންޝީ އަންނަނީ ކަމަށް އޭނާ ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް