ads
އަޑިއަށްދިޔަ ސަފާރީގެ ބައެއް
ބޮލިފުށި ކައިރިއަށް ސަފާރީއެއް އަޑިއަށް ހިނގައްޖެ
17 މީހުންނާއެކު ދަތުރުރު ކުރި ސަފާރީއެއް ކ.ބޮލިފުށި ކައިރިއަށް އަޑިއަށް ހިންގައްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ 17 މީހުންނާއެކު ދަތުރުކުރި މި ސަފާރީން ދަތުރުކުރި އެންމެން ސަލާމަތްކޮށް ހުޅުމާލެއަށް ގެނެސްފައި ވާކަމަށެވެ.އަދި މީގެ ތެރެއިން 6 މީހުންނަށް އަންނަނީ އިއިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންކަމަށްވެސް އެ ފޯސްއިން ބުނެއެވެ.

ހޭންޑީ ކްރޫޒާ ނަމަކަށްކިޔާ މިސަފާރީ އަޑިއަށް ގޮސްފައިވަނީ މޫސުން ގޯސްވެ ދިޔަ ވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

your imageއަޑިއަށްދިޔަ ސަފާރީގެ ބައިތައް

އެމްއެންޑީއެފް އިން ކުރިން ބުނީ ކ.ތިލަފުށީ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ސަފާރީއެއް ދިޔަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެދުނު 8:39 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެެއެވެ.

ފަރަށް އެރި ވަގުތު ސަފާރީގައި 17 މީހަކު ދަތުރު ކުރި އެވެ. މިވަގުތު ކޯސްޓްގާޑުން އަންނަނީ އެމީހުން ސަލާމަތް ކުރުުމުގެ މަސައްކަތް ކުރަމުންނެވެ. 

ފަރަށް އަރައިފައިވަނީ “ހޭންޑީ ކްރިޒާ” ނަމަކަށް ކިޔާ ސަފާރީއެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް