ads
އަޑިއަށް ދިޔަ ސަފާރީގެ ބައިތައް: މިއިން ދަތުރުކުރި އެކަކު ވަނީ މަރުވެފައި
އަޑިއަށް ދިޔަ ސަފާރީން ދަތުރުކުރި އެކަކު މަރުވެއްޖެ
އަޑިއަށް "ހޭޑީ ކްރޫޒާ" ސަފާރީން ދަތުރުކުރި އެކަކު މަރުވެއްޖެއެވެ.

އައިޖީއެމް އެޗް އިން ބުނީ މަރުވެފައިވަނީ އުމުރުން 41 އަހަރުގެ މީހެއްކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. 

17 މީހުންނާއެކު ދަތުރުރު ކުރި ސަފާރީއެއް ކ.ބޮލިފުށި ކައިރިއަށް "ހޭންޑީ ކްރޫޒާ" ނަމަކަށްކިޔާ މިސަފާރީ އަޑިއަށް ގޮސްފައިވަނީ މޫސުން ގޯސްވެ ދިޔަ ވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ 17 މީހުންނާއެކު ދަތުރުކުރި މި ސަފާރީން ދަތުރުކުރި އެންމެން ސަލާމަތްކޮށް ހުޅުމާލެއަށް ގެނެސްފައި ވާކަމަށެވެ. އަދި މީގެ ތެރެއިން 6 މީހުންނަށް އަންނަނީ އިއިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންކަމަށްވެސް އެ ފޯސްއިން ބުނެއެވެ.

އެމްއެންޑީއެފް އިން ކުރިން ބުނީ ކ.ތިލަފުށީ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ސަފާރީއެއް ދިޔަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެދުނު 8:39 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެެއެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް