ads
އަންހެން ގައުމީ ޓީމުގެ އޮފިޝަލުން
ދެ މެޗުން ބައިކޮޅަށް 20 ލަނޑު!
ގައުމީ އަންހެން ޓީމު، އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ފަހު މެޗުން ތަޖަކިސްތާނު އަތުން ހަތަރު ލަނޑު ސުން ލަނޑުން ބަލިވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ތަޖިކިސްތާނު އަތުން ހަތަރު ލަނޑު ސުން ލަނޑުން ބަލިވެ، ދެ މެޗުން ބައިކޮޅަށް ވަތް ވިހި ލަނޑާއެކު ކޮލިފައިން ނިންމާލީ އެންމެ ލަނޑެއްވެސް ނުޖެހިއެވެ. އާދިއްތަ ދުވަހުގެ ރޭ ހަތަރު ލަނޑު ސުން ލަނޑުން ތަޖިކިސްތާނު އަތުން ބަލިވިއިރު، މިދިޔަ ހަފުތާގައި އަންހެން ޓީމުވަނީ ވިއެޓްނާމް އަތުން ސޯޅަ ލަނޑު ސުން ލަނޑުން ބަލިވެފައެވެ.

މިއީ އަންނަ އަހަރު އިންޑިޔާގައި އޮންނަ އޭޝިއަން ކަޕް އަންހެނުންގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭން ކުޅުނު ދެ މެޗެވެ. ދެ މެޗުވެސް ކުޅުނީ ތަޖަކިސްތާނުގައެވެ. ރާއްޖެއާ ތަޖަކިސްތާނު އަދި ވިއެޓްނާމް ހިމެނޭ ގްރޫޕުގައި ކުރިން އަފްޣާނިސްތާނުވެސް ހިމެނުނު ނަމަވެސް އެ ޓީމުވަނީ މުބާރާތުން ވަކިވެފައެވެ.

your imageއެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ ޑުންގާ

އަންހެން ޓީމުކޮޅަށް ދެ މެޗުން ޖުމްލަ ވިހި ލަނޑު ޖެހިއިރު، އެ ޓީމުންވަނީ މި މެޗުތަކަށް ތައްޔާރުވުމަށް ޔޫއޭއީގައި ކޭމްޕުކޮށް އެގައުމުގައި ދެ މެޗެއްވެސް ކުޅެފައެވެ. އެހެންނަމަވެސް އަންހެން ޓީމު ކޮލިފައިންއަށް ދިޔައިރު ޓީމުގައި ކޯޗެއްވެސް ނެތެވެ. ވަގުތީ ގޮތުން ޓީމާ ހަވާލުވެގެން ތަޖަކިސްތާނަށް ދިޔައީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރެވެ. ދެން ޓީމުގައި ހިމެނުނު ކޯޗިން ސްޓާފުންނަކީ ފުޓްބޯޅަ ކުޅުނު ނަމަވެސް ކޯޗިންގެ މާ ބޮޑު ތަޖުރިބާއެއް ނެތް މީހުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް