ads
ޓެލެގްރާމް ބައެއް ބަރަހަނާ ފޮޓޯ އާންމު ކުރާ ގްރޫޕް
ބަރަހަނާ ވީޑިއޯތަކެއް އާއްމު ކުރި މީހާއަށް 11 ދައުވާއެއް ކުރަނީ
ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާތީ މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާ އޮފިހުން ބުނީ ދައުވާ ކުރަން ފޮނުވާފައިވަނީ މއ. އިސްޕަންޖުގެ، މުޙައްމަދު މަސާޢިދު ބިން ސަމީޢުގެ މައްޗަށް ކަމަށެވެ.

ޕީޖީން ބުނީ އޭނާ މިކަން ކޮށްފައިވަނީ އެކިދުވަސްމަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި، ޒާތީ މުޢާމަލާތް ހިމެނޭ އެހެނިހެން އެކައުންޓްތައް ހެކްކުރުމަށްފަހު ކަމަށެވެ.އިތުރަށް ބުނީ މި މައްސަލާގައި މަސާޢިދުގެ މައްޗަށް ދަޢުވާތައް ކުރުމަށް ފޮނުވާފައިވަނީ މިއަދު ކަމަށެވެ.

މަސާއިދުގެ މައްޗަށް ޖުމްލަ 11 ދައުވާއެއް ޕީޖީން ކުރެއެވެ.  

އޭނާގެ މައްޗަށް ކުރެވޭ ދައުވާ ތަކުގެ ތެރޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ތިން ދައުވާ އަކާއި، އޮރިޔާން ކާޑު ފެތުރުމުގެ ތިން ދައުވާ އަކާއި، އެނގި ހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެކުށުގެ ދައުވާ ހިމެނެއެވެ.

އޭގެ އިތުރުން އެނގިހުރެ ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދަޢުވާއާއި ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާގެ އިތުރުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް