ads
ކޮވިޑް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ކޭއާރުއެޗު
ޓެސްޓް ކުރެވުނު 4،632 ސާމްޕަލް އިން ޕޮޒިޓިވްވީ 72 މީހުން
ރާއްޖެއިން އިތުރު 72 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިއަދު ވަނީ 4،632 ސާމްޕަލް ޓެސްޓު ކުރެވިފައިވެއެވެ. އޭގެތެރެއިން މުޅި ރާއްޖެއިން މިއަދު ޕޮޒިޓިވް ވެފައިވަނީ 72 މީހުންވެ. 

އަތޮޅުތެރޭގެ ރަށްތަކުން 36 މީހުން ޕޮޒިޓިވްވިއިރު، މާލެ ސަރަހައްދުން ޕޮޒިޓިވްވީ 31 މީހުންނެވެ. މީގެ އިތުރުން ރިސޯޓްތަކުން 4 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޮޑިދޯނި ފަހަރުން އެއް މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 84،362 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ބަލިޖެހިފައިވާ 1،551 މީހުން ތިބިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.  

ބަލިން ރަނގަޅުވި މީހުންގެ އަދަދު 82،567 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 20 އެވެ.

މިހާތަނަށް 231 މީހަކު މިބަލީގައި މަރުވެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް