ads
ޑެންގީ ފަތުރާ އީޑީސް މަދިރިއެއް--
ވޭތުވެ ދިއަ ތިންއަހަރަށްވުރެ މިއަހަރު ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު މަދު: އެޗްޕީއޭ
ވޭތުވެ ދިޔަ ތިން އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯރޓް ކޮށްފައިވާ އަދަދު މަދު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މި ދުވަސްވަރު މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ކަމުގައި ވީނަމަވެސް ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއިދާރާއިން ބުނީ ވޭތުވި ޖުލައި އަދި އޮގަސްޓްމަހު ޑެންގީ ޖެހިފައިވަނީ 29 މީހުނަށް ކަމަށެވެ. 

އޭގެއިތުރުން އެ އެޖެންސީން ބުނީ ވޭތުވެ ދިޔަ ތިން އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯރޓް ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. އެއިދާރާއިން ބުނީ ވޭތުވި ޖުލައި މަހު 3838 މީހުނަށް އަރިދަފުސް ރޯގާ ޖެހިފައިވާކަމަށެވެ. އަދި އޮގަސްޓް މަހު 11348 މީހުނަށް އަރިދަފުސް ރޯގާ ޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އަރިދަފުސް ރޯގާ އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެއިދާރާއިން ބުނެފައިވަނީ ވޭތުވެ ދިޔަ ތިން އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށްހިންގުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައި ނުވާކަމަށެވެ. ނަމަވެސް މިދިޔަމަހާ އަޅާބަލާއިރު ބޭރަށްހިންގުން އިތުރުވެފައި ވެއެވެ. ޖުލައިމަހު ބޭރަށްހިންގުން ޖެހިފައިވަނީ 1208 މީހުންނަށެވެ. އަދި އޮގަސްޓްމަހު މިބަލި ޖެހިފައިވަނީ 1358 މީހުންނަށެވެ. އެހެންނަމަވެސް ބޭރަށްހިންގުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަބަދުވެސް އެޅުމަކީ މުހިއްމުކަމެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.

2020 ގައި ކޯވިޑްގެ ސަބަބުން އެހެން ބަލިތަށް ޖެހިފައިވާ މިންވަރު އަދި ރިޕޯޓު ކުރެވިފައިވާ މިންވަރު މަދު ކަމުން އަހަރު ތަކުގެ ތަފާސްހިސާބުތައް އަޅާބެލުމުގައި 2020ގެ ތަފާސް ހިސާބުތަކެއްބޭނުން ކޮށްފައި ނުވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް