ads
ލާންސް ކޯޕްރަލް ސުލްތާން އިބްރާހީމް ގެ ޖަނާޒާގެ ތެރެއިން
ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާންގެ ޖަނާޒާ އަސްކަރީ އިއްޒަތުގައި ބާއްވައިފި
މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ތަމްރީނު ހަދަމުން ދަނިކޮށް ކުއްލިގޮތަކަށް މަރުވި ދިވެހި ގައުމީ ދިފާޢީ ބާރު އެމްއެންޑީއެފުގެ ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން އިބްރާހީމްގެ ޖަނާޒާ އަސްކަރީ ޢިއްޒަތުގައި ބާއްވައިފިއެވެ.

އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ތަމްރީނު ހަރަކާތެއްގައި އުޅެނިކޮށް މަރުވި މުހައްމަދު ސުލްތާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އުމުރުން 22 އަހަރުގެ މުހައްމަދު ސުލްތާން އިބްރާހީމްގެ ހަށިގަނޑު އާސަހަރާއަށް ގެންގޮސް އަސުރުވަގުތުން ފެށިގެން މޫނުދެއްކުން ކުރިއަށްގެންދިޔައިރު އެތައްބަޔަކުވަނީ މަރުޙޫމްގެ މޫނު ދެކިފައެވެ. އޭގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ އެކި ރޭންކުތަކުގެ އޮފިސަރުންނާއި އެންމެ މަތީ އޮފިސަރުންގެ އިތުރުން، އާއިލާއާއި އާންމުންގެއެތައްބަޔަކު ހިމެނެއެވެ.

އަދި މަޣުރިބު ނަމާދަށްފަހު އާސަހަރާގައި ސުލްތާން ވަޅުލާފައިވަނީ ސިފައިންގެ އޮފިސަރުން އިސްވެތިބެ އަސްކަރީ އިއްޒަތުގައެވެ.

ޤައުމީ ދިފާޢީ ބާރުން ބުނީ ލާންސް ކޯޕްރަލް ސުލްތާން އިންޑިއާގައި މަރުވުމާއި ގުޅިގެން މާލެ ގެނައިނަމަވެސް އޭނާގެ ޕޯސްޓްމޯޓަމް ހަދާފައިނުވާކަމަށެވެ. އެއީ އާއިލާއިން އެކަންކުރަން ބޭނުން ނުވުމުންކަމަށެވެސް އެމްއެންޑީއެފުން ބުންޏެވެ.

ސުލްޠާން މަރުވެފައިވަނީ އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސަރ ކެޑޭޓް ތަމްރީނު ހަރަކާތުގައި ކޭމްޕް ގްރީންހޯންގައި ކުރިއަށްގެންދިޔަ އެންޝިއުރެންސް ދުވުމެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އޭނާ ދުވަމުންދަނިކޮށް ވެއްޓުމާއެކު ވަގުތުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާ، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ މަރުވެފައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އއ.ހިމަންދޫ ރޯޒްމީޑް، ޢުމުރުން 22 އަހަރުގެ ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ސިފައިންގެއާއި ގުޅުނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. ސުލްޠާން ފުރިހަމަކުރަމުންދިޔައީ މިއަހަރުގެ މާޗް 1އިން 2024ވަނަ އަހަރުގެ މާޗް 15އަށް އިންޑިއާގެ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދާ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.

އޭނާ މަރުވުމާއި ގުޅިގެން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން 48 ގަޑިއިރަށް ސިފައިންގެ މަރުކަޒުތަކުގައި ހުންނަ ސިފައިންގެ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް