ads
ޝާހްރުކް އާ ސުހާނާ
ޝާހްރުކްގެ ދަރި ސުހާނާވެސް ބޮލީވުޑަށް!
ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާންގެ ދަރި ސުހާނާ ހާން ވެސް ވަރަށް އަވަހަށް ބޮޑު ސްކްރީނުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ޕިންކް ވިލާއިން ރިޕޯޓްކުރާ ގޮތުގައި ވަރަށް އަވަހަށް ސުހާނާ ފިލްމަކަށް ސޮއި ކުރާނެއެވެ.

ޕިންކް ވިލާއިން ރިޕޯޓްކުރާ ގޮތުގައި ޒޯޔާ އަހްތަރުގެ ފިލްމަކަށް ސޮއި ކުރަން ސުހާނާ އާއި އޭނާގެ ބައްޕަ ޝާހްރުކް ދަނީ އެންމެ ފަހުގެ މަޝްވަރާތައް ކުރަމުންނެވެ.

ސުހާނާ އާ ވާހަަކަ ދެކެވެމުން ދަނީ މަޝްހޫރު އިންޓަނޭޝަނަލް ކޮމިކް ފޮތް “އާޗީ”ގެ އިންޑިއަން ސިނެމެޓިކް އެޑަޕްޓޭޝަނެއް ހެދުމާއި ގުޅޭ ގޮތުންނެވެ. 

މި ފިލްމުގެ ލީޑް ރޯލަކުން ސުހާނާ ފެނިގެންދާނެ ކަމަށް ބެލެވޭއިރު މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ ނެޓްފްލިކްސް އިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސުހާނާ އަކީ މިވަގުތު ނިއުޔޯކް ޔުނިވާސިޓީގެ ޓިޝް ސްކޫލް އޮފް އާޓްގެ ދަރިވަރެކެވެ. 

ސުހާނާގެ ބައްޕަ ޝާހްރުކް ވަނީ މީގެ ކުރިން ސުހާނާ އެކްޓު ކުރަން ޝައުގުވެރިވި ނަމަވެސް ފިލްމު ކުޅެން ބޭނުމީ ތައުލީމް ހާސިލް ކުރުމަށް ފަހު ކަމަށް ބުނެފައެވެ.

ޝާހްރުކްގެ ފިރިހެން ދަރި އާރިޔަން ހާން ބޭނުން ވަނީ ކެމެރާ ފަހަތުގައި މަސައްކަތް ކުރަންށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް