ads
ވަޒީރުންގެ މަޖިލިސް.. ފޮޓޯ: ރައީސް އޮފީސް
މަސްދަރު ހާމަކުރަން އޮތް މާއްދާ އަނބުރާ ގެންދިއުމަށް ޖަމިއްޔަތަކަކުން ގޮވާލައިފި
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭ ގޮތަށް އޮތް މާއްދާ އަނބުރާ ގެންދިއުމަށް އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، މޯލްޑިވްސް އެޑިޓާސް ގިލްޑް، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފިއެވެ.
Advertisement

މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ހެއްކާ ބެހޭ ބިލުގައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ނޫސްވެރިން ލިޔާ ޚަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ހާލަތްތަކެއް ވަނީ ހިމަނާފަ އެވެ.

މިބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން  މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ވަނީ ބަޔާންކޮށްފަ އެވެ. ބިލު މިހާރު އޮތް ގޮތުން، މި ދެ ހާލަތުގައި ކޯޓަކަށް ފެނިއްޖެ ހިނދެއްގައި ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ދެ ހާލަތަކީ، މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތަ އެނޫން ވެސް ފަރާތަކަށް ލިބިދާނެ ގެއްލުން ކުޑަ ކަމަށް ކޯޓަން ފެނިއްޖެ ނަމަ ނުވަތަ މަސްދަރު ހާމަކުރުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތުގައި އިތުރު މަސްދަރު ހޯދާ، އެފަދަ މަސްދަރުތަކުގެ ފަރާތުން އިތުބާރު ހުރި މައުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ހުރަސް އެޅޭނެ މިންވަރު ކުޑަ ކަމަށް ކޯޓަށް ފެނުމެވެ.

"މިއީ ނުހަނު ކަންބޮޑުވާ މައްސަލައެއް. އަދި މިއޮތް ގޮތަށް ބިލު ފާސްވެގެން ގޮސްފި ނަމަ، ވޭތުވެދިޔަ ތާނގައި ނޫސްވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް އިސްލާ
ސްލާހުކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅުތައްވެސް ނުރައްކަލުގެ ތެރެއިން ހުށަހެޅިގެންދާނެ ކަމެއް. ނޫސްވެރިކަމުގެ މިނިވަންކަމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމުން ދިވެހިރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކުރި މިމަސައްކަތާ ދެކޮޅު ހަދަން،" އައިއެފްޖޭގެ އޭޝިއާ ޕެސިފިކް ޑިރެކްޓަރު ޖޭން ވާޝިންގޓަން ވިދާޅުވި އެވެ.
މިއޮތް ގޮތަށް މިދެ މާއްދާއާއެކު، ގާނޫނު ތަސްދީގުކޮށްފި ނަމަ، ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ބޮޑުތަނުން ހަނިވެގެންދާނެ އެވެ. ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ސާފު ސަރީހަ އިބާރާތުން ބަޔާންކޮށްފައި ވަނީ "ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ" ކަމަށެވެ. މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް މަޖުބޫރުކުރުމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް) ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ވެސް ހުރަސްއެޅިގެންދާނެ ކަމެއް ަކމަށް ނޫސްވެރިންގެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"ނޫސްވެރިންގެ މަސްދަރުތައް ހާމަކުރަން މަޖުބޫރުކުރުމަކީ މީޑިއާ އެތިކްސް އާއި، ނޫސްވެރިންގެ ހައްގުތަކާއި ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގައި އަދި ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފު ކަމެއް. މިމާއްދާގައި ހިމަނާފައިވާ ހާލަތްތައް ސާފުނުވުމުގެ ސަބަބުން ނޫސްވެރިންނާއި ނޫސްވެރިންގެ މަސްދަރުތަކަށް ދުއްތުރާކޮށް ފުރައްސާރަކުރުމުގެ ޖާގަވެސް ހުޅުވިގެންދާނެ. މަސްދަރު ހާމަކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ދުއްތުރާތަކާ ހެދި މަސްދަރުތަކުން ހާމަކުރަން ބޭނުންވާ މައުލޫމާތު ހާމަކުރުމަށް ހުރަސްތަކެއް އެޅިގެންދާނެ. ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކުގެ ދަށުން ދިވެހި ދައުލަތުން
ހިފަހައްޓަން ޖެހޭ މިންގަނޑުތައް ހިފަހައްޓާ، ނޫސްވެރިންގެ މަސައްކަތައް ނުރައްކާތެރި ހުރަސްތަކެއް ކުރިމަތިވާނެ ބިރުވެރިކަމުގެ މާހައުލެއް އެފެދިދާނެ ގޮތަށް އޮތް މިކަންބޮޑުވާ މާއްދާ އަނބުރާ ގެންދިއުމަށް ދިވެހިރާއްޖޭގެ ކަމާބެ ފަރާތްތަކަށް ގޮވާލަން،" އެމްނެސްޓީ އިންޓަންޓަނޭޝަނަލްގެ އޭޝިއާ ޕެސިފިކް ޑިރެކްޓަރު ޔާމިން މިޝްރާ ވިދާޅުވި އެވެ.

މިބިލުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދެ ހާލަތުން ކުރެ އެއް ހާލަތަކީ ވެސް އެއްވެސް ޒާތީ ތަޢައްސުބެއް ނެތި، ހަމައެކަނި ހެއްކަށް ބުރަވެ ވަޒަން ކުރެވޭނެ ހާލަތްތަކެއް ނޫންކަން، މިގުޅިފައިވާ ބަޔާނުގައި ބައިވެރިވާ ޖަމިއްޔާތަކުން ފާހަގަކުރެ އެވެ. އެއީ ބަޔާންކޮށްފައިވާ ހާލަތްތަކުން ހާލަތެއް މެދުވެރިވޭތޯ ނުވަތަ ނޫންތޯ ކޯޓުން ގޮތެއް ނިންމަން ޖެހޭނީ ބަލަމުންދާ މައްސަލައެއްގައި ހިމެނޭ މަސްދަރަކީ ކާކުން ކަން ނޭނގި ކަމަށް ވެސް ވުމާ އެކުގައި ކަމަށް ބަޔާނުގައި ވެއެވެ.

މިދެ ހާލަތަކީ އޮބްޖެކްޓިވް އަދި ކޮލިޓޭޓިވް މިންގަނޑަކުން ވަޒަންކުރުން ނާދިރު ދެ ހާލަތް ކަމަށްވެފައި، އެކަމާ މެދު ޔަގީންކަމާއެކު ގޮތެއް ނިންމުމަކީ ނުވާނެ ކަމެއް ކަމުން، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އިންތިހާއަށް ފަހަތަށް ޖެހިގެންދާނެ އެވެ. ހަމަ އެއާ އެކު، މިކަމުގެ ސަބަބުން ބިރުވެރިކަމުގެ މާހައުލެއް އުފެދި، ސެލްފް-ސެންސަޝިޕަށް މަގުފަހިވެގެންދިއުމަކީ ވެސް އޮތް ނުރައްކަލެއްކަމަށް ޖިމިއްޔާތަކުން ފާހަގަ ކުރެއެވެ.

"މީގެ ކުރިން މިސަރުކާރުން ވަނީ އަބުރުގެ ގާނޫނު އުވާލާފައި. އަދި ގާނޫނާ ހިލާފަށް ކުރެވޭ ކަންކަން ކާކުކަން ހާމަނުކޮށް ރިޕޯޓްކުރުމަށް ބާރު، ވިސްލްބްލޯވަރުން ހިމާޔަތްކުރުމުގެ ގާނޫނު ތަސްދީގުކުރީވެސް މިސަރުކާރުން. މިހާރު މިއޮތް ގޮތަށް ހެއްކާ ބެހޭ ބިލު ތަސްދީގުކޮށްފިނަމަ މިހޯދުނު ހުރިހާ ކުރިއެރުންތައް ގެއްލިގެންދާނެ. މިކަންކުރުމުގެ ނިޔަތަކީ ކޮބާ ކަމެއް ސާފެއް ނޫން. މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ގެއްލޭ ގޮތަށް ހުރި މާއްދާތައް ވަގުތުން ވަގުތަށް އަނބުރާ ގެންދިއުމަށް އެޑިޓާސް ގިލްޑުން ގޮވާލަން،" މޯލްޑިވްސް އެޑިޓާސް ގިލްޑުގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވި އެވެ.
މިބިލު މިއޮތް ގޮތަށް ގާނޫނަކަށް ވެގެން އައިސްފިނަމަ، އެކަމުގެ ސަބަބުން ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ގެއްލި، ކޯޓުގައި މަސްދަރު ހާމަކޮށްފާނެ ކަމުގެ ބިރަށް މަސްދަރުތަކުގެ ފަރާތުން މައުލޫމާތު ނުދިނުން ފަދަ މައްސަލަތައް ދިމާވެ، ނޫސްވެރިންގެ މަސައްކަތަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމާ މެދު ޝައްކެއް ނެތެވެ.

"މިކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާނެ ނޭދެވޭ އަސަރު ވަރަށް ސާފު އަދި މިއާއެކު މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭ ނޫސްވެރިކަމުގެ މިނިވަންކަން ހަރުދަނާކުރަން ހޯދުނު ކުރިއެރުންތައް ވެސް ގެއްލިގެންދާނެ. އެހެން ކަމުން ލަސްނުވެ، ނޫސްވެރިންނަށް މަސްދަރު ރައްކާތެރިކުރުމަށް ލިބިދީފައިވާ ހައްގަށް އޮތް އިތުބާރު ދެމެހެއްޓުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ، މިހާރު ހުށަހެޅިފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ) އަނބުރާ ގެންދިއުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ގޮވާލަން އެމްޖޭއޭގެ ރައީސް މުހައްމަދު ހަމްދޫން ވިދާޅުވި އެވެ.

ނޫސްވެރިންނަކީ ޑެމޮކްރަސީ އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއް. ނޫސްވެރިކަމުގެ މިނިވަންކަމަށް އަދި ނޫސްވެރިންގެ މަސްދަރު ރައްކާތެރިކުރުމުގެ ހައްގަށް ހުރަސް އެޅޭ ހުރިހާ މާއްދާއެއް އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލަން،" ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު އާސިޔަތު ރިލްވީނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް