ads
ސްޓެލްކޯ
ބިލްތައް ބޮޑުވީ ޑިސްކައުންޓު ހިމެނިފައި ނުވާތީ: ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ޖުލައި މަހުގެ ކަރަންޓު ބިލްތައް ބޮޑުވީ އެމަހުގައި ޑިސްކައުންޓް ހިމެނިފައި ނުވާތީ ކަމަށް ޔުޓިލިޓީ ރެގިއުލޭތަރީ އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ ޖޫން މަހުގައި ކަސްޓަމަރުންނަށް ލިބިފައިވާ ބިލުތަކަށް (މެއި އިން ޖޫން އަށް ކަރަންޓު ބޭނުންކުރިވަރު) ސަރުކާރުން %40 ގެ ޑިސްކައުންޓެއް ދީފައިވާކަމަށާއި، ނަމަވެސް ޖުލައި މަހުގައި ކަސްޓަމަރުންނަށް ލިބިފައި ވާ ބިލުތަކުގައި ޑިސްކައުންޓް ހިމެނިފައި ނުވާތީ އެ ތަފާތު ބިލު ތަކުން ދެއްކީކަމަށެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޖުލައި މަހުގައި ކަސްޓަމަރުންނަށް ފޮނުވާފައިވާ ކަރަންޓު ބިލުތައް ބޮޑުވެފައި ހުރިކަމުގެ ޝަކުވާ ނޫސްތަކާއި މީސް މީޑިއާއިން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައި ވާތީ، 30 ޖުލައި 2021 ގައި މި މައްސަލަ ބެލުމަށް ފެއްޓުނު ކަމަށް އެއޮތޯރިޓީން ބުންޏެވެ. މިގޮތުން މި މައްސަލަ ބެލުމަށްފަހުގައި، މައްސަލަ ދިމާވާންވީ ސަބަބުތައް ދެނެގަތުމާއި، ލިބިފައިވާ ޝަކުވާތަކާއި ބިލުތަކުގެ ތަފާސް ހިސާބަށް ބަލައި މި މައްސަލަ ބަލާފައި ރިޕޯރޓެއް އެކުލަވާލެވިފައިވާ ކަމަށްވެސް ޔުޓިލިޓީ އޮތޯރިޓީން ބުނެއެވެ. މައްސަލަ ބެލުމަށް ކުރި ދިރާސާއިން ހޯދުނު ހޯދުންތަކުން އެނގުނުގޮތުގައި ބައެއް ކަސްޓަމަރުންނަށް ބިލް ބޮޑުވެފައިވާކަމަށް އެ އޮތޯރިޓީއަށް ފާހަގަކުރެވުނު މައިގަނޑު ސަބަބުތައް އެއޮތޯރިޠީން ފާހަގަ ކޮށްފައިވއެވެ.

އެއޮތޯރިޓީން ބުނީ ސްޓެލްކޯއިން ޖުލައި މަހުގައި ފޮނުވާފައި ބިލަކީ ގާތްގަނޑަކަށް ޖޫން 10 އިން ޖުލައި 10 އާ ދެމެދުގައި ކަރަންޓް ބޭނުންކޮށްފައި ވާ ވަރަށް ބިލްކޮށްފައިވާ ބިލުތަކަކަށް ވިޔަސް، ބިލް ފޮނުވާފައިވަނީ ޖުލައި މަހުގެ ފަހުކޮޅުގައިކަމަށްވާތީ، ޢީދު ބަންދުގެ މުއްދަތު (ޖުލައި 19 -30 އަށް) ބިލުކުރި މުއްދަތު ހިމެނިފައި ނުވާ ކަމަީވެސް ބިލްތައް ބޮޑުކަމަށް ދެއްކި މައްސަލައެއްކަމަށެވެ. މިހެން ވުމުން ޢީދު ބަންދުގައި ކަސްޓަމަރުން ބޭނުންކުރި ވަރު ޖުލައި މަހު ގައި ލިބުނު ބިލުތަކުގައި ހިމެނިފައި ނުވާތީ އެ ބިލުތައް ކުޑަ ނުވީކަމަށައި، ޢީދު ބަންދުގެ މުއްދަތުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު ފެންނާނީ އޮގަސްޓު މަހުގައި ލިބުނު ބިލުތަކުންކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް