ads
ޖެނެރަލް މިލޭ: ބައިޑެންގެ އިސް މިލިޓަރީ އެޑްވައިޒަރު
އަލްގައިދާއިން އެމެރިކާއަށް އެންމެ 12 މަސް ދުވަހުގެތެރޭ ބިރުދައްކަފާނެ: އެމެރިކާ
އަފްގާނިސްތާނުގައި ތިބި ޓެރަރިސްޓުން އެމެރިކާއަށް އެންމެ 12 މަސްދުވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ބިރު ދައްކަފާނެކަމަށް އެމެރިކާ ސިފައިން ބުނެފިއެވެ.

އެމެރިކާގެ ޖެނެރަލެއް ކަމަށްވާ މާކް މިލޭ ވިދާޅުވީ ތާލިބާނުންނާއި 9/11 ގައި އެމެރިކާއަށް ހަމަލަދިން އަލްގައިދާ އާއި އޮތް ގުޅުން ކެނޑިފައި ނުވާ ކަމަށެވެ.

ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާއި، މިލޭއާ އެމެރިކާގެ ކޮންގްރެސްގައި، ވޭތުވެދިޔަމަހު އަފްގާނިސްތާނުން އެމެރިކާ ސިފައިން ބޭލުމާ ގުޅޭ ގޮތުން ވަނީ ސުވާލު ކޮށްފައެވެ. 

އެމެރިކާ ސިފައިން އެގައުމުން ފޭބުމާއެކު، އަފްގާނިސްތާނުގެ ސަރުކާރު ވައްޓާލައި ތާލިބާނުންވަނީ ގައުމާ ހަވާލުވެފައެވެ.

އެމެރިކާއިން މިހާރު ދަނީ ކައުންޓަ ޓެރަރިޒަމް މިޝަން އަކަށް ތައްޔާރު ވަމުންނެވެ.

އެމެރިކާގެ ސެނެޓްގެ އާމްޑް ސާވިސް ކޮމިޓީގެ ބައްދަލުވުން ބާއްވާފައިވަނީ ، އަފްގާނިސްތާނުގެ ކާބުލް އެއާޕޯޓުން އެމެރިކާއާއި ބޭރުގެ އެހެން ގައުމުތަކުގެ މީހުން ސަލާމަތްކުރަން މަސައްކަތް ކުރިތާ ހަފްތާތަކެއްގެ ފަހުންނެވެ. އޭރު އެގައުމުގެ އެތައްބަޔަކުވެސް ސަލާމަތް ވުމަށްއެދި އެއާޕޯޓުގައި އާދޭސް ކުރަމުން ގެންދިޔައެވެ. 

your imageއަފްގާނިސްތަނުގެ އެތައްބަޔަކު ކާބުލް ދޫކޮށް ފުރަން މަސައްކަތް ކުރި

ޖެނެރަލް މިލޭ ވިދާޅުވީ އަފްގާނިސްތާނުގެ ޓެރަރިސްޓް ހަމަލައަކުން އެމެރިކާ މީހުނަށް ސަލާމަތް ވުމަކީ އުނދަގޫ ކަމެއް ކަމަށެވެ. 

"ތާލިބާނުންނަކީ ކުރިންވެސް އަދި މިހާރުވެސް ޓެރަރިސްޓް އޯގަނައިޒޭޝަނެއް. އެމީހުންނަ އަލްގައިދާއާ ގުޅުން ކެނޑިފައެވެނުވޭ" މިލޭ ވިދާޅުވިއެވެ.

މިލޭ ވިދާޅުވީ އަލްގައިދާ ނުވަތަ އައިސިސް ޖަމާއަތުން އެމެރިކާއަށް ކުރިއަށް އޮތް 12 މަހާއި 36 މަހާދެމެދު ހަމަލާއެއް ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިލޭ ވިދާޅުވީ 2020 ގައި އޭނާ ހެދި އެސެސްމެންޓަކުން އެމެރިކާ ސިފައިން އަފްގާނިސްތާނުން ބާލައިފި ނަމަ އެގައުމުގެ ވެރިކަން ވެއްޓޭނެ ކަމަށް ދައްކާފައިވާ ކަމަށެވެ. ދެ ޖެނެރަލުންވެސް ވިދާޅުވީ އަފްގާނިސްތާންގައި ޓްރެއިންން ދިން ސިފައިން ވަނީ ގެއްލިފައި ކަމަށެވެ. ބަޑިއެއްވެސް ނުޖަހައި ގެއްލުމުން ހައިރާންކަން ލިބިފައިވާ ކަމަށް ޖެނެރަލުން ވިދާޅުވެފައިވެއެވެ. އެކަމަކު އެމެރިކާގެ ރައީސް ޖޯ ބައިޑެން ކުރިން ވިދާޅުވެފައިވަނީ އެފަދަ އިޝާރާތެއް ލިބިފައި ނުވާ ކަމަށެވެ. 

އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާ ވިދާޅުވީ އަފްގާނިސްތާނުގައި 2،500 އެމެރިކާ ސިފައިން ބޭތިއްބުމަށް ލަފާ ދީފައިވާނެ ކަމަށެވެ.

އެމެރިކާގެ ސިފައިން ފުރަތަމަ އަފްގާނިސްތާނަށް ގޮސްފައިވަނީ 9/11ގެ ހަމަލާއަށްފަހު 2001 ގައެވެ. އެގައުމުން ފޭބިއިރު 985 ބިލިޔަން ޑޮލަރު ހަރަދު ކޮށްފައިވެއެވެ. އެންމެ ގިނައިން ސިފައިން ހަރަކާތްތެރިވެފައިވަނީ 2011 ވަނަ އަހަރުއެވެ. އެއަހަރު 110،000 ސިފައިން އެގައުމުގައި ހަރަކާތްތެރި ވެފައިވެއެވެ.

ޖެނެރަލް މާކް މިލޭ އަކީ ކާކު؟

- ރައީސް ޖޯ ބައިޑެންގެ އެންމެއިސް މިލިޓަރީ އެޑްވައިޒަރު- ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ވެރިޔާ (އެމެރިކާގެ އެންމެ އިސް މިލިޓަރީ 8 އޮފިޝަލުންގެ ކޮމިޓީ) 

- އެމެރިކާގެ މިލިޓަރީ ޗެއިން އޮފްކޮމާންޑްގެ މެންބަރެއް ނޫން 

- ވައިޓްހައުސް އާއި ޕެންޓަގަން އާދެމެދު މައުލޫމާތު ބަދަލުކޮށްދޭ ވެރިޔާ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް