ads
ކަސްޓަމަރުންނަށް އަގުވަޒަންކޮށް 10،000 ގެ ވައުޗާއެއް އަރުވަނީ- ފޮޓޯ: އެމްޑަބްލިޔިއެސްއީ
އެމްޑަބްލިޔުއެސްސީ ޝޯރޫމަށް 5 އަހަރު ފާހަގަކުރީ ކަސްޓަމަރުންގެ އަގުވަޒަންކުރަމުން
މާލޭ ވޯޓާ އެން ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ޝޯރޫމަށް 5 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، ޝޯރޫމް ކަސްޓަމަރުންގެ އަގު ވަޒަން ކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

މިހަފްލާގައި ޝޯރޫމުން ވިޔަފާރިކުރައްވާ ތަފާތު އެކި އެކި ދާއިރާތަކުގެ ކަސްޓަމަރުން ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން، އެމްޑަބްލިޔުއެސްސީގެ ޗެއާރމަން އަލްފާޟިލް އަހުމަދު މައުސޫމް އާއި، މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު އާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ޝަރީފް އަދި ކުންފުނީގެ އިސް ބޭފުޅުންނާއި މުވައްޒަފުންވެސް މިހަފްލާގައި ބައިވެރިވެ
ވަޑައިގެންނެވިއެވެ.
ދެހާސް ސޯޅަ ވަނަ އަހަރު އެމްޑަބްލިޔުއެސްސީ ޝޯރޫމް ހުޅުވުމާއެކު، ޓްރޭޑިންގެ ދާއިރާއިން ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. އެމްޑަބްލިއުއެސްސީ ޝޯރޫމުން ދަނީ ފެނާއި ނަރުދަމާގެ ދާއިރާއާ ގުޅުންހުރި، ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ބްރޭންޑްތަކުގެ ޕްރަޑަކްޓްސްތައް
ފަސޭހަކަމާއެކު އެއްފުރާޅެއްގެ ދަށުން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި އެ ކުންފުންޏަކީ މިބްރޭންޑްތަކުގެ ސޯލް ޑިސްޓްރިބިޔުޓަރެވެ.

ޝޯރޫމުން ލިބޭ ޕްރޮޑަކްޓްސްތަކުގެ ތެރޭގައި އާރް.އޯ.ޕްލާންޓް، މެމްބްރޭންސް، ޕަމްޕްސް، ޓޭންކް، ޕައިޕްސް އަދި ފިޓިންގްސް، ފެން މީޓަރާއި އެހެނިހެން ސްޕެއަރ ޕާޓްސް ހިމެނެއެވެ. އެ ތަކެތި ޝޯރޫމްއިން ލިބެން ހުރުމަކީ، ވިޔަފާރިތަކަށާއި އިންސްޓިޓިއުޝަންތަކަށް ފައިދާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމެއް ކަމަށް އެމްޑަބްލިޔުއެސްއީ އިން ބުނެއެވެ. މީގެ އިތުރުން ޝޯރޫމް މެދުވެރިކޮށް، އެމްޑަބްލިޔުއެސްސީގެ އައިއެސްއޯ 2005:17025 ސްޓޭންޑަރޑްގެ ލެބޯރެޓަރީ އިން ދަނީ، ރިޒޯޓުތަކާއި، ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް، ވިޔަފާރީގެ އުސޫލުން ފެން ތަހުލީލު ކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުން އަންނަ ކަމަށް އެމްޑަބްލިޔުއެސްއީ އިން ބުނެއެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެފައިވަނީ އެމްޑަބްލިޔުއެސްސީ ޝޯރޫމްއަށް 5 އަހަރު ވެގެން ދިޔައިރު، ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންގެންދަނީ ދިވެހި ރާއްޖޭގެ ސިނާއީ ދާއިރާއާއި ގުޅުންހުރި ގިނަ އުފެއްދުންތަކެއް އެއްފުރާޅެއްގެ ދަށުން ބާޒާރަށް ނެރެ، ދުނިޔޭގައި ނަންހިނގާ މަޝްހޫރު ބްރޭންޑްތައް ދިވެހިންނަށް ވީހާވެސް ކައިރިން ލިބޭނޭގޮތް މަގުފަހި ކޮށްދިނުމަށް ކަމަށެވެ. 

އަދި ޝޯވްރޫމްގެ ވިޔަފާރި އިތުރަށް ތަރައްގީކޮށް، ކައިރި މުސްތަޤްބަލެއްގައި އިތުރު ބްރޭންޑްސްތަކާއި ޕްރޮޑަކްޓްތައް މަގުފަހި ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއި އެކު، ޝޯރޫމުން ދޭ ޚިދުމަތްތައް ވީހާވެސް ކައިރިން ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށްޓަކައި، ޑިޖިޓަލް ޚިދުމަތްތަށް ތައާރަފް ކުރެވިގެން ދާނޭކަން ޝާހްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކޮށްފައެވެ.
މިހަފްލާގައި ޝޯރޫމުން ދިގު މުއްދަތަކަށް ވިޔަފާރި ކުރަމުންދާ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން، 10 ކަސްޓަމަރަކަށް 10,000 ރުފިޔާގެ ވައުޗަރއެއްވެސް ވަނީ ހަދިޔާ ކޮށްފައެވެ.

މީގެ އިތުރުން އަހަރީ ދުވަހާ ގުޅުވައިގެން 28 ސެޕްޓެމްބަރ 2021 އިން ފެށިގެން 30 ނޮވެމްބަރ 2021 ގެ ނިޔަލަށް، ޝޯވްރޫމުން ބައްލަވައިގަންނަ ކޮންމެ ވޯޓަރ މީޓަރު އަދި ފެން ޓެސްޓް ކުރުމުގެ ޚިދުމަތަކުން
10% ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން އެއްވެސް ވަނީ މިހަފްލާގައި ތަޢާރަފްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް