ads
ތާލިބާން ހަނގުރާމަވެރިން ވެހިލަކެއްގެ ފަހަތުގައި އެމީހުންގެ ދިދަ ނަގައިގެން-- ފޮޓޯ: އީޕީއޭ
ތާލިބާނުން ދެކެ ބިރުން އަފްގާނުގެ ފަންނާނުން ތަރުކާރީ އާއި މޭވާ ވިއްކަން ފަށައިފި
އަފުގާނިސްތާނުގައި ބިރަކާއި ނުލައި މަޖާކުރަމުން ދިޔަ މީހުންނަށް، ތާލިބާނުންގެ ވެރިކަން އަފުގާނިސްތާނުގައި ފެށުނު ފަހުން، އެމީހުންގެ އެ ދުނިޔެ ނިމުމަކަށް ހިނގައްޖެއެވެ. ފިލްމީ ތަރިންނާއި ލަވަކިއުންތެރިން އެ މަސައްކަތް ހުއްޓާލައިފިއެވެ. އަދި އޭގެ ތެރޭން ވަރަށް ގިނަ މީހުން ދިރިއުޅެން ދަނޑުވެރިކަމާއި މޭވާ ވިއްކުމުގެ މަސައްކަތް ފަށައިފިއެވެ. އަދި އަނެއްބަޔަކު ދަނީ ކިރާއި މަހުގެ ބާވަތްތައް ވިއްކަމުންނެވެ.

އަފުޣާނިސްތާނުގެ ވެރިކަން ޠާލިބާނުންގެ އަތްމައްޗަށް ދިއުމުން ގައުމުގެ އެތައް ހާސް ބަޔަކު ހިޖުރަކުރިއެވެ. ޠާލިބާނުންނަށް ބިރުންނެވެ. މަރަށް ބިރުންނެވެ. އޭގެތެރޭން ގިނަ މީހުންނަކީ އިސްލާމްދީނުގެ ރީތި އަދަބު އަޚުލާޤާ ދުރު މީސްމީހުންނެވެ.

އޮގަސްޓު މަހު 15 ގައި އަފްޣާނިސްތާނު ހިފުމަށް ފަހު ޠާލިބާނުން ވަނީ ވަގުތީ ސަރުކާރެއް ސެޕްޓެމްބަރު މަހު އިއުލާނުކޮށްފައެވެ. ގައުމުގެ ހާލަތު ދަނީ ހަމަޔަކަށް އެޅެމުންނެވެ. ނަމަވެސް ފިލްމީ ދުނިޔެއާއި ލަވަކިޔައި ނެށުމުގެ ދުނިޔެ ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އެކަމަށް ދިރުމެއް އަންނާނޭކަމުގެ އުއްމީދެއް ވެސް ނެތެވެ. ޠާލިބާނުންގެ ޢަމަލުތަކުން ފެންނަނީ ދީނީ ހަރުކަށި އުސޫލުތައް ގައުމުގައި ހިންގާނޭކަމުގެ އަލާމާތްތަކެވެ.

your imageއާރިޔާނާ ހިޖުރަ ކުރީ ކެނެޑާއަށް

އަފުޣާނިސްތާނުން ލިބޭ ރިޕޯޓުތަކަށް ބަލާއިރު އެ ގައުމުގެ މަޝްހޫރު ލަވަކިއުންތެރިންނާއި ފިލްމީ ތަރިންނާއި މުނިފޫހިފިލުވައި ދިނުމަށް މަޝްހޫރު އެތައް ބަޔަކު ވަނީ އެމެރިކާއަށާއި ޔޫރަޕުގެ ބައެއް ގައުމުތަކަށާއި އަރަބި ގައުމުތަކަށް ހިޖުރަކޮށްފައެވެ. އޭގެ ތެރޭން ގިނަ މީހުން ހިޖުރަ ކުރީ ޠާލިބާނުން އެމީހުންނާ މެދު ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ މަރަށް ބިރުންނެވެ.

އަފްޣާނިސްތާނުގެ އެންމެ މަޝްހޫރު އަދި މަގުބޫލު ލަވަކިއުންތެރިންގެ ތެރޭގައި ހިމެނޭ އާރިޔާނާ ސަޢީދު ވަނީ ޠާލިބާނުން އަފުޣާނިސްތާނަށް އެރުމާއެކު އެމެރިކާގެ މަތިންދާ ބޯޓެއްގައި ހިޖުރަކޮށްފައެވެ. އޭނާ މިހާރު އުޅެމުންދަނީ ކެނެޑާގައެވެ.

ގައުމުން ބޭރަށް ނުދެވުނު ބައެއް މީހުން މެކޭނިކުންގެ ގޮތުގައި ގަރާޖުތަކާއި ވޯކްޝޮޕްތަކުގައި މަސައްކަތް ކުރަމުން އެބަދެއެވެ.

ކުރިން ލަވަކިއުންތެރިއެއް ކަމުގައިވާ ޢަބްދުލް ޤަދީރު ލަވަކިއުން ހުއްޓާލުމަށްފަހު މިހާރު އުޅެނީ ބައިސިކަލާއި ސައިކަލް މަރާމާތު ކުރާ ވޯކްޝޮޕެއް ހުޅުވައިގެންނެވެ.

ޢަބްދުލް ޤަދީރުއެކޭ އެއްގޮތަށް ވަރަށް ގިނަ ފިލްމީ ތަރިންނާއި ލަވަކިއުންތެރީން މިހާރު އުޅެނީ މުޅިން ތަފާތު އެހެން މަސްކަތްތައް ކުރާށެވެ.

ކުރިން މިއުޒިކު ސާމާނު ވިއްކައި ގަދަޔަށް ލަވަޖަހަމުން ދިޔަ ފިހާރަތަކުގައި ހުރީ މޭވާއާއި ތަރުކާރީއެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ޠާލިބާނުންގެ ބާރުގެ ދަށަށް އަފުޣާނިސްތާނު ދިޔަ ފަހުން ލަވަކިއުންތެރީންގެ ހައެއްކަ މީހުންގެ އާއިލާ ވަނީ ޕާކިސްތާނަށް ވެސް ހިޖުރަކޮށްފައެވެ.

އަފްޣާނިސްތާނުގައި މަޝްހޫރު ނެށުމެއްކަމުގައިވާ "އަތަން"ގެ ނެށުމެއް ދާދިފަހުން ޠާލިބާނުންގެ ފަރާތުން ސޯޝަލް މީޑިއާގައި ވައިރަލް ވެގެންދިޔައެވެ. އޭގެފަހުން ބައެއް ކަހަލަ ލަވަތަކާއި ނެށުން ޠާލިބާނުން ހުއްދަކޮށްފާނޭކަމަށް ބައެއް ފަރާތްތަކުން ދަނީ އުއްމީދު ކުރަމުންނެވެ. ނަމަވެސް އެކަން އަދި އޮތީ އުއްމީދެއްގެ ގޮތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް