ads
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)--
މަޖިލީހުގެ ހަރަދުގައި ރަށްޓެހިންނަށް ވީއައިޕީ ހިދުމަތް: އެކަން ކުރިއަކަ ނުދޭނަން: ބޮންޑޭ
މަޖިލިސް މެންބަރަކާއެކު ފުރަން ދާ ރަށްޓެހިންނަށް ވެސް ވީއައިޕީ ލައުންޖުން މަޖިލީހުގެ ހަރަދުގައި ހިދުމަތް ލިބޭ ގޮތަަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމެޓީން ނިންމި ނިންމުމާއި އެއްގޮތަށް އެކަން ތަންފީޒުކުރަން ފުރުސަތު ނުދެއްވާނެ ކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

"ސީއެންއެމް"އަށް މައުލޫމާތު ލިބިފައިވާ ގޮތުން މަޖިލީހުގެ މެންބަރުންނަށް ދެވޭނެ ހިދުމަތްތައް ދިރާސާކޮށް ގޮތް ނިންމުގެ ބާރު މަތިކޮށްފައިވާ އާންމު ކޮމިޓީން ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ވަނީ މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް މިހާރު ލިބޭ ލައުންޖުގެ ހިދުމަތުގެ އިތުރުން، އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެ ހިދުމަތް ލިބޭ ގޮތަަށް ނިންމާ ފާސްކޮށްފައެވެ. 

މައުލޫމާތު ލިބޭގޮތުން އެގޮތަށް ނިންމާފައިވަނީ އެއްބަނޑު އެއްބަފާ މީހަކާ އެއްކޮށް ދަތުރުކުރާއިރު ވެސް ވަކިން ދާން ޖެހޭތީ ބައެއް މެންބަރުންގެ ޝަކުވާ ކޮމިޓީއަށް ލިބިފައިވާތީ އެވެ. 

މިކަމާއި ބެހޭ ގޮތުން "ސީއެންއެމް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެމްބަރު ބޮންޑޭ ވިދާޅުވީ، އެކަން އެގޮތަށް ކުރިއަކަ ނުދެއްވާނެ ކަމަށެވެ. އަދި އެކަން މިހާރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ސަމާލުކަމަށްވެސް ގެންނަވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާއްމު ކޮމެޓީއަކީ އެމްޑީޕީގެ ހަތް މެމްބަރުން ހިމެނޭ ކޮމެޓީއެކެވެ. މި ކޮމެޓީގެ ނިންމުމަށް ތަޅުމުގައި ވޯޓަށް އަހާކަށް ނުޖެހޭނެ އެވެ. އެފަދަ ނިންމުމެއް ނިންމާ ހިދުމަތް ބަދަލުކުރުމަށް ކޮމެޓީގެ ވޯޓާއިއެކު ފާސްކުރުމުން އެނިމުނީއެވެ. އެ ނިންމުން ކޮމެޓީގައި ވަނީ ފާސްވެފައެވެ. 

އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ބޮންޑޭ ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް އީވާގެ ސަަމާލުކަމަށް އެކަން ގެންނެވުމުން އެކަމަނާވެސް އެކަން އެގޮތަށް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. 

"މަޖިލީހުގެ ބަޖެޓުން ބޭކާރު އިތުރު ހަރަދުތަކެއް ކުރާކަށް ފުރުސަތެއް ނުދެއްވާނަން. އީވާ ވެސް ވިދާޅުވީ ބަޖެޓަށް ބުރަވާ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ކޮވިޑް-19އިގެ މިދަނޑިވަޅުގައި މަޖިލީހުގެ ބަޖެޓުން އަދި ސަރުކާރުގެ ހަރަދުތައްވެސް ބޮޑުވާނެ އެއްވެސް ކަމެއް މެމްބަރުން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ކުރިން އޮންނަ ގޮތުން މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭނެ އެވެ. މި އުސޫލުގެ ދަށުން މެންބަރުންނަށް ދޭ ވީއައިޕީ ލައުންޖުގެ ހިދުމަތަށް ބިލު ކުރާނީ މަޖިލީހަށެވެ.

  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް