ads
ބަންޓޯ އޯރް ބަބްލޯ 2 އިން ފެނިގެންދާނެ ތަރިން…
"ބަންޓީ އޯރް ބަބްލީ 2" އަޅުވާނީ ނޮވެމްބަރުގައި!
“މަރުދާނީ 2” އަށް ފަހު ރާނީ މުކަރްޖީ ފެނިގެންދާނެ ފުރަތަމަ ފިލްމު އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރަން ނިންމައިފިއެވެ.

އެ ފިލްމަކީ ރާނީ އާއި އަބީޝޭކް ބައްޗަން ލީޑު ރޯލު ކުޅެ ދެހާސް ފަސްވަނަ އަހަރު ނެރުނު "ބަންޓީ އޯރް ބަބްލީ" ގެ ސީކުއެލް އެކެވެ.

ނޮވެމްބަރު މަހުގެ 19 ގައި ފިލްމު ރިލީޒްކުރަން ނިންމި އިރު އެ ފިލްމަކީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައިވެސް ރިލީޒްކުރަން އުޅުނު ފިލްމެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން އޭރު ފިލްމު އެޅުވުން ފަސްކުރީއެވެ.

"ބަންޓީ އޯރް ބަބްލީ 2" އިން ފެނިގެންދާނީ ރާނީ އާއި ސައިފް އަލީ ހާންއެވެ. އަދި ސިދާންތް ޗަތުރްވެދީ އާއި އަލަށް ތައާރަފްވާ ބަތަލާ ޝަރްވަރީ ވެސް އެ ފިލްމުން ފެންނާނެއެވެ.

އެ ފިލްމަކީ ރާނީއާއި ސައިފް ސްކްރީނުން އެކުގައި ފެނިގެންދާ 11 ވަނަ ފިލްމެވެ. މި ދެތަރިން އެކުގައި އެންމެ ފަހުން ކުޅުނު ފިލްމަކީ "ހަމް ތުމް" އާއި "ތާރާ ރަމް ޕަމް" އެވެ.

ޔާޝްރާޖް ފިލްމްސް އިން ގެނެސްދޭ އެ ފިލްމު ޕްރޮޑިއުސްކުރަނީ އަދިތުޔާ ޗޯޕްޅާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް