ads
ނުސްރަތު
"ސޮލްޓް ބެއި"ގެ ރެސްޓްރޯންޓްގެ ބިލްތައް އާދަޔާ ހިލާފަށް ބޮޑުވުމުން ފާޑުކިޔަނީ
ސޯލްޓް ބެއި ނުވަތަ ނުސްރަތު އަކީ ކެއްކުމުގައި ގެންގުޅޭ ތަފާތު އުކުޅުތަކުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި މަޝްހޫރުކަން ހޯދައިފައިވާ ޝެފެކެވެ.

ނުސްރަތުގެ ރެސްޓޯރެންޓް ހުންނަ ގައުމުތަކުގެ މީހުން އޭނާގެ ރެސްޓޯރެންޓަށް އެއް ފަހަރު ނަމަވެސް ދާން ބޭނުންވާނެ އެވެ. 

ނަމަވެސް ދާދި ފަހުން ލިބުނު މަޝްހޫރު ކަމާއެކު ދުނިޔޭގެ އަގުބޮޑު ބޮޑެތި ސިޓީތަކުގައި މިހާރު ރެސްޓޯރެންޓް ހިންގަމުން އަންނަ ނުސްރަތުގެ ރެސްޓޯރެންޓަކުން އާދައިގެ މީހަކު އެއްޗެއް ކައިފި ނަމަ އެމީހާގެ ދެމަހުގެ މުސާރަ ބިލަށް ދައްކަން ޖެހެއެވެ.

އެގޮތުން ނުސްރަތު ލަންޑަން ހުޅުވި ރެސްޓޯރެންޓްގެ ބިލްތައް އާދަޔާ ހިލާފަށް ބޮޑެވެ. އޭނާގެ ރެސްޓޯރެންޓްގައި ސްޓޭކް ކޮޅެއް 630 ޑޮލަރަށް އުޅޭ އިރު ޢާއްމުކޮށް އެގައުމުގައި ތިން ޕައުންޑަށް ލިބޭ ރެޑްބުލް ދަޅަށް ވެސް 15 ޕައުންޑް ބިލްކޮށްފައި ޙުއްޓެވެ.

މީހަކު ސޯޝަލް މީޑިއާގައި އާއްމުކުރި ބިލަކަށް ވަނީ 1،812 ޕައުންޑް އަރާފައެވެ. އެއީ ދިވެހި ފައިސާއިން ނަމަ 37،628 ރުފިޔާ އެވެ.

އެހެންކަމުން ގިނަ ބަޔަކު އަންނަނީ ބިލްތައް ބޮޑު ވިޔަސް އެއީ ބޮޑުވަރުކަމަށް ބުނެ ނުސްރަތުއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ނަމަވެސް ބައެއް މީހުން އަންނަނީ އޭނާގެ ރެސްޓޯރެންޓްގައި ތަކެތީގެ އަގު ކަނޑައެޅުމުގެ އިހުތިޔާރު އޭނާއަށް އޮންނާނެ ކަމަށާއި އެ އަގު ކަމުނުދާ މީހުން އެތަނަށް ނުދިއުމަށް ބުނަމުންނެވެ.

38%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
24%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް