ads
މާވަށު ދާއިރާގެން މެންބަރު މުހައްމަދު ސައީދު
ދިވެހީންގެ ސިމްކާޑުތައް ނަކަލު ކުރަމުންއެބަދޭ: ސައީދު
އެތައް ހާސް ދިވެހީންގެ ސިމްކާޑުތައް، ބޭރުގެ ބަޔަކު ދިވެހީންގެ ޓެލެކޮމް ވަސީލަތްތަކާ ގުޅިގެން ނަކަލު ކުރަމުން ގެންދާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

" މިހާރު އަޑުއިވިގެން މިދަނީ ދިވެހީންގެ ސިމްކާޑުތައް ނަކަލު ކުރަމުން ކްލޯން ކުރަމުންދާއަޑު" ސައީދު ވިދާޅުވިއެވެ.

ވަޓްސް އެޕުން ދިވެހީންފޮނުވާ ވިޔަފާރީގެ މެސެޖްތަކާއި، އަދި ދޭދޭ ފަރުދުންގެ މުއާމަލާތްތައް ދިވެހި ލޯ އެންފޯސްމެންޓް އެޖެންސީ ތަކާއި ބޭރުގެ ފަރާތްތަކާއި ގުޅިގެން ސްކޭންކުރަމުން ދާ ދިއުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސައީދު ވިދާޅުވިއެވެ. 

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެއްކާބެހޭ ބިލަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ހެއްކާބެހޭ ބިލު މިހާރު އޮތްގޮތުން މީހުންގެ ފޭސްބުކް އެކައުންޓްތަކާއި، ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ކެރެކްޓަތައް އުފައްދައިގެން، އާޓިފިޝަލް އިންޓެލިޖެންސްގެ ނަމުގައި ވަރަށް ބޮޑު ނާޖާއިޒު ފައިދާތައް ނަގަން ފުރުސަތު ހުޅުވޭކަމަށެވެ.

ސައީދު ވިދާޅުވީ މިހާރު ހެދެމުންދާ ގަވައިދުތަކާއި ގާނޫނު ތަކުގެ ސަބަބުން ދިވެހީން ބްލެކްމެއިލް ކޮށްފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

އިއްޔެގެ ޖަލްސާގައި ނޫސްވެރިކަމުގެ މަސްދަރު ހާމަކުރުމުގެ މައްސަލަ އާބެހޭ ގޮތުންވެސް ގިނަ މެންބަރުން ވަނީ ހިޔާލު ފާޅު ކޮށްފައެވެ. އެގޮތުން ގިނަމެންބަރުން ފާހަގަ ކުރެއްވިގޮތުގައި މަސްދަރު ހާމަ ކުރަންޖެހޭ މާއްދާ އަކީ ގާނޫނު އަސާސީއާ ފުށު އަރާ މާއްދާއެކެވެ. 

އެހެންކަމުން އެމާއްދާ އުނިކުރުމަށް ބައެއް މެންބަރުން ވަނީ ގޮވާލާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް