ads
ފޮޓޯ : ދިރާގު
ދިރާގު މޮބައިލް އިންޓަނެޓް ޕްލޭންތަކަށް ހެޔޮ ބަދަލުތަކެއް
ދިރާގު މޮބައިލް އިންޓަނެޓް ޕްލޭންތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ދިރާގުން ބުނީ ސަރުކާރުން އިސްނަންގަވާ އިންޓަނެޓްގެ އަގުހެޔޮ ކުރައްވަން ކުރެއްވި މަސައްކަތްތަކަށް އެއްބާރުލުންދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ މޮބައިލް އިންޓަނެޓް ޕެކޭޖްތައް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑްވްސް އިން އެޕްރޫވް ކުރައްވާފައިވާ ގޮތަށް ބަދަލުތައް 1 އޮކްޓޯބަރ 2021 އިން ފެށިގެން ގެންނާނެކަމަށެވެ.

މި ގެންނަ ބަދަލާއެކު ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކަށް 29 އިންސައްތައާއި ހަމައަށް އިތުރު އެލަވަންސް ލިބޭނެ ކަމަށާއި، އެހެންކަމުން، ޑޭޓާގެ އަގު 22 އިންސައްތައާއި ހަމައަށް ހެޔޮ ވެގެންދާނެކަމަށެވެ. 

ހަމަ އެއާއެކު، ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކަށް 36 އިންސައްތައާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ. އެގޮތުން މި ބަދަލުގެ ދަށުން، ކޮމްބޯ ޕްލޭންގެ ޑޭޓާގެ އަގު 33 އިންސައްތައާއި ހަމައަށް ހެޔޮވެގެންދާނެއެވެ. މީގެ އިތުރުން، އެލް.ޓީ.އީ ބްރޯޑްބޭންޑް "ވަގުތުން ގެއަށް އިންޓަނެޓް"ގެ ޕެކޭޖްތަކަށް 30 އިންސައްތައާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސް  ލިބުމުގެ އިތުރަށް އިންޓަނެޓްގެ ސްޕީޑް 10 އެމް.ބީ.ޕީ.އެސް އިން 25 އެމް.ބީ.ޕީ.އެސް އާ ހަމައަށް އިތުރު ވެގެންދާނެއެވެ. މި ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެއްވޭނެއެވެ. އަދި ކޮންމެ ޖީބީއަކަށް ދާ ހަރަދު ނިސްބަތުން ހެޔޮވެގެންދާނެއެވެ. 

ދިރާގުގެ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކީ ކަސްޓަމަރުންނަށް މޮބައިލް ބޭނުންކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުން މިންވަރަކަށް ސެޓްކޮށްލެވޭގޮތައް ފަރުމާކޮށްފައިވައި ޕްލޭންއެކެވެ. އަދި އަމިއްލަ ޕޯސްޓްޕެއިޑްގެ "ވެލިއު ޕެކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ވެލިއު ޕެކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި ސްޓްރީމިންގ އެޑްއޮންސް ހިމެނެއެވެ. ސްޓްރީމިންގ އެޑްއޮންގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވަން ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ވަނީ ހިމަނާފައިއެވެ.

މިއާއެކު، ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކުރަށްވައިގެން ވޮއިސް، އެސް.އެމް.އެސް އަދި ޑޭޓާ ހަމަ އެއްމެ ޕްލޭނަކުން ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން، މި ޕްލޭންތަކުން ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާ ސްޓްރީމިންގ، ޗެޓް އަދި ސޯޝަލް މީޑިއާގެ އިތުރު ހިލޭ ޕަރކްސް ވެސް ހަމަ އެންމެ އެކްޓިވޭޝަނަކުން ލިބިގެންދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މޮބައިލް އިންޓަނެޓް ޕްކޭޖްތަކަށް މި ގެނައި ބަދަލުތައް 1 އޮކްޓޯބަރ 2021 ގެ 00:00 އިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އަދި 1 އޮކްޓޯބަރ ގެ 06:00 އަށް ހުރިހާ ކަސްޓަމަރުންނަށްވެސް މި ބަދަލުތައް ފެނިވަޑައިގަންނަވާނެއެވެ. ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެ ކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ. 

ދިރާގަކީ އަބަދުވެސް އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ކަސްޓަމަރުންގެ ބޭނުންތަކާއި އެއްގޮތަށް ބަދަލުކޮށް، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދިނުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް