ads
މޯނީ…
މޯނީގެ ކައިވެނި އަންނަ ޖެނުއަރީގައި! ދެފަރާތުގެ އާއިލާއިން ރެޑީވާން ފަށައިފި
ބޮލީވުޑްގައި ވިދަމުން އަންނަ ބަތަލާ މޯނީ ރޯއީގެ ކައިވެނި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

މޯނީ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ދުބާއީގައި ދިރިއުޅޭ ސޫރަޖް ނަމްބިއާއާ އެވެ. 

ސޫރަޖް އަކީ އިންޑިއާގެ ނުފޫޒު ގަދަ ވިޔަފާރި އާއިލާއެއް ކަމަށްވާ ނަމްބިއާގެ ފެމިލީގެ މެމްބަރެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މޯނީ އާއި ސޫރަޖްގެ ކައިވެންޏަށް ދެ ފަަރާތުގެ އާއިލާއިން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. 

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި މޯނީގެ ކައިވެނކ ހަފްލާ ކުލަ ގޮތަކަށް ބާއްވަން ނިންމާފައިވަނީ އިޓަލީ ނޫނީ ދުބާއީގައެވެ. އޭގެ ފަހުން އިންޑިއާގައި ވެސް ރައްޓެހިންނަށް ރަނގަޅު ހަފްލާއެއް ބާއްވާނެ ކަމުގެ އަޑުތައްވެސް ވަނީ ގަދަ ވެފައެވެ.

ކައިވެނި ކުރަނީ ޖެނުއަރީ މަހުގެ ކޮން ދުވަހަކު ކަމެއް އަދި ހާމަކޮށްފައި ނުވާއިރު މޯނީ މި ފަހުން އެންމެ ގިނައިން ޗުއްޓީ ހޭދަ ކުރީ ވެސް ދުބާއީގައެވެ.

ޓީވީ ސިލްސިލާތަކުން ބޮލީވުޑަށް ތައާރަފްވެ ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި  މޯނީގެ ކުރިއަށް އޮތް ބޮޑު ފިލްމަކީ އާލިއާ ބަޓާއި ރަންބީރް ކަޕޫރްގެ "ބުރައްމަސްތުރާ" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް