ads
ޝާހްރުކް އަދި އާރިޔަން
ޕާޓީ ކުރަނިކޮށް ޝާހްރުކް ހާންގެ ދަރި އާރިޔަން ހާން ހައްޔަރުކޮށްފި
ބޮލީވުޑްގެ މެގަ ސްޓާ ޝާހްރުކް ހާންގެ ދަރި އާރިޔަން ހާން ޕާޓީ ކުރަނިކޮށް ހައްޔަރުކޮށްފި އެވެ.
Advertisement

އިންޑިއާ ފުލުހުންގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން އާރިޔަން ހައްޔަރުކޮށްފައިވަނީ މަމްބައީ ބޭރުގައި އޮތް ކްރުޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށެވެ. 

އާރިޔަން އާއެކު އަށް މީހަކު ހައްޔަރުކޮށްފައިވެއެވެ. 

އެންސީބީން ވަނީ އެމީހުންނާ މެދު އިތުރު ފިޔަވަޅެއް އަޅާނީ ބަލަންޖެހޭ އިތުރުކަންކަމަށް ބެލުމުގެ ފަހުން ކަމަށެވެ. 

އޭއެންއައި އަށް ދިން އިންޓަވިއުއެއްގައި އެންސީބީގެ ޗީފް އެސްއެމް ޕްރަދަން ބުނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ނަމަވެސް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. 

އޭނާ އިތުރަށް ބުނެފައި ވަނީ އެ އޮޕަރޭޝަނަކީ މީގެ ދުވަސްކޮޅެއް ކުރިން އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ. 

 މެޑިކަލް އެގްޒަމިނޭޝަން އާރިޔަން ގެންދެވުނު ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. 

އާރިޔަން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސް އެކްޓްގެ 27 ވަނަ ސެކްޝަންގެ ދަށުންނެވެ. އާރިޔަން އަށް ކުރެވޭ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރުގެ ހުކުމެއް އައުން އެކަށީގެންވެއެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް