ads
ސަލްމާން ހާން އަދި ޝާހްރުކް ހާން
އާރިޔަން ހައްޔަރުކުރުމުން ޝާހްރުކްގެ ގެއަށް އެންމެ ފުރަތަމަ ދިޔައީ ސަލްމާން
އާދިއްތަ ދުވަހު އިންޑިއާ ފުލުހުންގެ ނާކޮޓިކްސް ކޮންޓްްރޯލް ބިއުރޯ (އެންސީބީ)އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ޝާހްުރުކް ހާންގެ ދޮށީ ފިރިހެން ދަރި އާރިޔަން ހާން ހައްޔަރުކޮށްފައިިވެއެވެ. އެއާއެކު އެތައް މިލިއަން ބަޔަކު އަންނަނީ ޝާހްރުކްގެ މި ހިތާމަވެރި ދަނޑިވަޅުގައި އޭނާ ހިތްވަރުގެ މެސުޖުތައް ފޮނުވަމުންނެވެ.
Advertisement

ފޭނުންގެ އިތުރުން ގިނަ އަދަދެއްގެ ބޮލީވުޑް ތަރިންވެސްް އަންނަނީ ޝާހްރުކް އާއެކު ތިބިކަން ހާމަ ކުރަމުންނެވެ. ނަމަވެސް ޝާހްރުކްއަށް މި ހިތްދަތި ވަގުތު މުމްބާއިީގައި ހުންނަ އޭނާގެ ގެއަށް ފުރަތަމަ ޒިޔާރަތް ކުރި ތަރިއަކީ މަޝްހޫރު ބޮލީވުޑް ބަތަލު ސަލްމާން ހާން އެވެ.

އާދިއްތަ ދުވަހު ސަލްމާން ޝާހްރުކްގެ ގެއަށް ވަންނަ މަަންޒަރު އެ ސަރަހައްދުގައި ތިބި ޕަޕަރާޒީންނަށް ވަނީ ފެނިފައެވެ. 

ސަލްމާން އަކީ އަބަދުވެސް ދަތިި ވަގުތުތަކުގައި ޝާހްރުކްއަށް އެހީވުމުގައި އެންމެ ކުރީ ސަފުގައި ހުންނަ އެއް ރަހުމަތްތެރި އެވެ. 

އެންސީބީން އާރިޔަން ހައްޔަރުކޮށްފައިވަނީ ބުމްބައީ ބޭރުގައި އޮތް ކްރުޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށެވެ. 

އާރިޔަން އާއެކު އަށް މީހަކު ހައްޔަރުކޮށްފައިވެއެވެ. 

އެންސީބީން ވަނީ އެމީހުންނާ މެދު އިތުރު ފިޔަވަޅެއް އަޅާނީ ބަލަންޖެހޭ އިތުރުކަންކަމަށް ބެލުމުގެ ފަހުން ކަމަށެވެ. 

 އާރިޔަން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ހޮނިހިރު ދުވަހަކީ ބަންދު ދުވަހަކަށް ވުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް އެއް ދުވަސް ޖަހާފައެވެ. ފުލުހުން ވަނީ އާރިޔަންގެ ބަންދާމެދު ގޮތެއް ނިންމުުމަށް މިއަދުވެސް ކޯޯޓަށް ހާޒިރު ކުރަން ނިންމާފައެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ އެ އޮޕަރޭޝަނަކީ މީގެ ދުވަސްކޮޅެއް ކުރިން އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.  

އާރިޔަން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސް އެކްޓްގެ 27 ވަނަ ސެކްޝަންގެ ދަށުންނެވެ. އާރިޔަން އަށް ކުރެވޭ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރުގެ ހުކުމެއް އައުން އެކަށީގެންވެއެވެ. 

47%
ކަމުގޮސްފި
37%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް