ads
ރައީސް ޔާމީން ގެ ޝަރީއަތުގެ ތެރެއިން
ޔާމިންގެ ޝަރީއަތުގައި ހެކީގެގޮތުގައި ހުށަހެޅި ފަނޑިޔާރުންގެ އޯޑިއޯތައް އަނބުރާ ގެންގޮސްފި
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ސާބިތުވެފައިވާ ހުކުމް، އިސްތިއުނާފުކުރާ މަޖިލީހަށް ހެކީގެ ގޮތުގައި ހުށަހެޅި ފަނޑިޔާރުންގެ އޯޑިއޯތައް އަނބުރާ ގެންގޮސްފިއެވެ.
Advertisement

ކްރިމިނަލް ކޯޓުގެ ބެންޗުގައި ހިމެނޭ ގާޒީ ހުސެއިން ފާއިޒު ރަޝާދާއި، ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމްގެ ވާހަކަތަކެއް ކަމަށް ބުނާ އޯޑިއޯ ސުޕްރީމް ކޯޓަށް ހުށަހެޅީ އެ އޯޑިއޯގައި ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ދައުލަތުގެ ނުފޫޒުން ކޮށްފައިވާ ހުކުމެއްކަމަށް ދޭހަވުމާއި، އަދި ޔާމިންގެ މައްޗަށް އިއްވި ހުކުމަކީ މާކުރިން ލިޔެނިމިފައިވާ ހުކުމެއް ކަމަށް އެއޯޑިއޯގައި ބުނެފައިވާތީ އެވެ.

އެހެންނަމަވެސް އެސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދުގެ އަޑުކަމަށް ވާހަކަ ދައްކާ އޯޑިއޯ ވަނީ ހެކީގެ ގޮތުގައި ހުށައަޅާފައެވެ. އަދި އެއީ ސައްހަ އޯޑިއޯއެއްކަން ޔާމިންގެ ވަކީލުންގެ ފަރާތުން ފާހަގަ ކުރީ މުއައްވިޒު އެކަމަށް އިންކާރު ކޮށްފައި ނުވާތީއެވެ. 

މިއަދުގެ އަޑުއެހުމުގައި އިތުރު ހެކީގެ ގޮތުގައި މީގެ ކުރިން އަދީބު ދައްކާފައިވާ ވާހަކައިގެ ވީޑިއޯ ފުޓޭޖް އަދި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރ މުޙައްމަދު ޝާހިދާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމައިލްގެ ނަންވަނީ ހުށައަޅާފައެވެ. 

އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީވެސް ހެކީގެ ގޮތުގައި ހުށައަޅާފައިވެއެވެ.  މިހެކިތައް ހުށައަޅާފައިވަނީ ޔާމީނަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ، އަދީބު އަތުގައި ހުރި ޔާމީނަށް ސިޔާސީ ކަންކަމަށް ދިން ފައިސާ އަނބުރާ ދެއްކުމަށް އެދިވަޑައިގަތުމުން އަދީބު އަމިއްލައަށް ޖަމާ ކުރެއްވި ފައިސާ ކަން ޔަގީން ކުރުމަށެވެ. 

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފުކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގައި މާދަމާ އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ. މި އަޑުއެހުމުގައި ކަފާލާތުގެ ދަށުން ރައީސް ޔާމިން މިނިވަންކުރުމާއި، ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމާއި، އަދި ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ގަބޫލު ކުރާނެ ނުވަތަ ނުކުރާނެތޯ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް