ads
އާރިޔަން ހާން
އާރިޔަން ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޮލީވުޑްގެ މެގާ ސްޓާ ޝާހްރުކް ހާންގެ ދަރި އާރިޔަން ހާންގެ ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށް ބަހައްޓާ މުއްދަތު އިތުރުކޮށްފި އެވެ.

ހޮނިހިރު ދުވަހު އާރިޔަން އެންސީބީން އާރިޔަން ހައްޔަރުކޮށްފައިވަނީ މުމްބައީ ބޭރުގައި އޮތް ކްރުޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށެވެ. 

އާރިޔަން އާއެކު އަށް މީހަކު ހައްޔަރުކޮށްފައިވެއެވެ. 

އެންސީބީން އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ނިޔަލަށް އެމީހުން ބަންދުގައި ބޭތިއްބުމުގެ މުއްދަތު އިތުރުކޮށްފަ އެވެ. 

އާރިޔަން ހައްޔަރުކޮށް އެ ދުވަހު ކޯޓަށް ހާޒިރު ކުރުމުން، ހޮނިހިރު ދުވަހަކީ ބަންދު ދުވަހަކަށް ވުމުން ކޯޓުން އޭނާގެ ބަންދަށް ޖެހީ އެއް ދުވަހެވެ. 

އެންސީބީގެ ބުނެފައި ވަނީ އެ އޮޕަރޭޝަނަކީ މީގެ ދުވަސްކޮޅެއް ކުރިން އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.  

އާރިޔަން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސް އެކްޓްގެ 27 ވަނަ ސެކްޝަންގެ ދަށުންނެވެ. އާރިޔަން އަށް ކުރެވޭ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރުގެ ހުކުމެއް އައުން އެކަށީގެންވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް