ރ. ރަސްމާދޫ ބަނދަރުގެ މަޝްރޫއުގެ ތެރެއިން ބޭރުތޮށި ލުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 54 އިންސައްތަ ވެސް މިހާރުވަނީ ނިމިފައި ކަމަށް އެ ކުންފުނިން މަައުލޫމާތު ދެއެވެ.
މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުުރުން 600 އަކަ މީޓަރުގެ ސަރަހައްދުގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އަދި މަގުބައްތި ހަރުކުރުން ހިމެނެ އެވެ.
މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. އަދި މި މަޝްރޫއަކީ 28.1 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.