ads
ފެނަކައިން 4 ރަށަކަށް ޖަނަރޭޓަރު ގެންގޮސްފި
ކެޕޭސިޓީ އިތުރުކުރަން ފެނަކާ އިން 4 ރަށަކަށް ޖެނެރޭޓަރު ފޯރުކޮށްދީފި
ރަށްރަށުގެ ކަރަންޓުގެ މައްސަލަތަށް ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން ހއ. ކެލާ ހިމެނޭ ގޮތަށް ފެނަކަ ކޯޕަރޭޝަނުން 4 ރަށަކަށް ޖެނެރޭޓަރު ގެންގޮސްފިއެވެ.
އެގޮތުން ކެލާ އަށް 600 ކިލޯވޯޓުގެ ޖެނެރޭޓަރެއް ގެންދިޔައިރު ރ. އިންނަމާދޫއަށް ވަނީ 400 ކިލޯވޯޓުގެ ޖެނެރޭޓަރެއް ގެންގޮސްފައެވެ. މީގެ އިތުރުން ފެނަކާއިން ވަނީ ބ. ފުޅަދޫ އަދި ށ. ނަރުދޫ އަށް 250 ކިލޯވޯޓުގެ ޖެނެރޭޓަރެއް ފޯރުކޮށްދީފައެވެ.

ފެނަކައިގެ މީޑިއާ އޮފިޝަލް އަޝްވާގު ފައުޒީ ސީއެންއެމް އަށް ވިދާޅުވީ ފެނަކާއިން ޖަނަރޭޓަރު ފޮނުވި 4 ރަށުގެ ތެރެއިން ހއ. ކެލާ އަށް 600 ކިލޯ ވޯޓުގެ ޖަނަރޭޓަރު ލިބުނީ އިއްޔެ ކަމަށެވެ. އަދި އިއްޔެ ކެލާ އަށް ގެންދެވުނު ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސަކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް އަޝްވާގު ފާހަގަ ކުރެއްވިއެވެ. 

މީގެ އިތުރުން 4 ރަށަށް ގެންދެވުނު ޖެނެރޭޓަރުގެ ސަބަބުން އެރަށް ތަކުގެ ކަރަންޓްގެ ޙާލަތު ބޮޑުތަނުން ރަނގަޅުވެ ކަރަންޓުގެ ހިދުމަތަށް އޮތް ޑިމާންޑާއި އެއްވަރަށް ހިދުމަތް ދެވިގެންދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ގެސްޓް ހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކެލާގެ އާބަަދީ އަކީ ބިދޭސީނާއެކު 1074 މީހުންނެވެ. ކެލާގެ އިތުރުން ނަރުދޫ , އިންނަމާދޫ , ފުޅަދޫގެ ކަރަންޓުގެ ހިދުމަތަށް ދޭތެރެ ދެތެރެއިން ދަނީ ބުރޫއަރަމުންނެވެ. އެރަށްތަކުގައި  ދޭތެރެއަކުން ކަރަންޓް ކެނޑޭތީ ރަށުގެ ގިނަ ބަޔަކު މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ، އަޙްމަދު ސައީދު ވަނީ މިރަށް ތަކަށް ދިމާވެފައިއޮތް ކަރަންޓުގެ މައްސަލަތައް  ވަރަށް ގާތުން ބައްލަވައިފަ އެވެ. އަދި މި ރަށްރަށަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވާފައި ވެއެވެ.

އަލަށް ލިބުނު ޖަނަރޭޓަރުތަކުގެ ސަބަބުން މިރަށްތަކުގެ ގިނަ ބައެއްގެ ދިގު އިންތިޒާރަށް ނިމުން އަންނާނެ ކަމަަަށް ފެނަކައިން ފާހަގަކުރެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް