ads
އައްސޭރި ޖަލުގައި ގައިދީން----- ފޮޓޯ: ސަން
ކުށްވެރިިން ލައްވައި މުޖްތަމައުއަށް ހިދުމަތް ކުރުމުގެ އަދަބު ދޭން ފަށައިފި
އުސޫލުތައް ކަނޑައަޅަން ދިން މުއްދަތުގައި ކަރެކްޝަނުން އެކަން ކޮށްފައެއް ނުވޭ
ފުރަތަމަ އެ އަދަބުދިނީ ވައްކަން ކުރި ބިދޭސީއަކަށް
ކުށްވެރިން ޖަލަށްލުމުގެ ބަދަލުގައި މުޖްތަމައުއަށް ހިދުމަތް ކުރުވަން ލާޒިމް ކުރުމުގެ ގޮތުން ހިދުމަތް ކުރުމުގެ އަދަބު، ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް ދޭން ފަށައިފި އެވެ.
Advertisement

މިގޮތަށް ފުރަތަމަ އަދަބު ދީފައިވަނީ ހުއްދަ ނެތި ގެއަކަށް ވަދެ ވައްކަން ކުރި ބިދޭސީއަކަށް މިދިޔަ އާދިއްތަ ދުވަހުއެވެ. އެ މީހާ އެއް މަހަށް ޖަލަށްލުމާ އެކު 137 ގަޑިއިރަށް މުޖްތަމައުއަށް ހިދުމަތް ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ކުށްވެރިން ޖަލަށްލުމުގެ ބަދަލުގައި މުޖްތަމައުއަށް ހިދުމަތް ކުރުވަން ލާޒިމް ކުރާ އަދަބު ކޯޓުތަކުން ކަނޑައެޅޭނެ އުސޫލުތައް މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ސުޕްރީމް ކޯޓުން ހަމަޖައްސާފައިވަނީ ކުނި އުކުމާއި ފާހާނާ އާއި މިސްކިތްތަކާއި އާންމު ތަންތަން ސާފުކުރުން ފަދަ މަސައްކަތް ވެސް ކުށްވެރިން ލައްވައި ކުރުވިދާނެ ކަމަށެވެ. 

އަދި އެފަދަ އަދަބުތައް ތަންފީޒު ކުރުމާބެހޭ އުސޫލުތައް 60 ދުވަސް ތެރޭގައި ކަރެކްޝަނަލް ސާވިސްއިން ހަދަންޖެހޭ ގޮތައް ސުޕްރީމް ކޯޓުގެ އުސޫލުގައި ލާޒިމް ކޮށްފައިވެެއެވެ. ނަމަވެސް އެ މުއްދަތު މިދިޔަ މަހު ހަމަވިއިރު ވެސް އެފަދަ އުސޫލެއް ކަރެކްޝަންސް އިން ހަދާފައެއް ނުވެއެވެ. 

އެ އަދަބު ދެވޭނީ ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތައް މެދުވެރިކޮށް ކަރެކްޝަންސް އިން ހަމަޖައްސާ އުސޫލެއްގެ ތެރެއިން ކަމަށް ވާއިރު، އެއުސޫލުތައް ކަރެކްޝަންސް އިން ހަދާފައި ނުވާތީ އެ ބިދޭސީ މީހާއަށް އެފަދަ އަދަބެއް ދޭން ދައުލަތުން ދެކޮޅު ހެދިއެވެ.

ނަމަވެސް ގާޒީ އާދަމް މުހައްމަދު އާދިއްތް ދުވަހު އިއްވި ހުކުމުގައިވަނީ ކަރެެކްޝަންސް އިން ހަދަންޖެހޭ އުސޫލެއް ހަދާފައި ނެތުމަކީ ދައުވާލިބޭ މީހާއަށް ލިބެންޖެހޭ ހައްގެއް ގެއްލެންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެހެންކަމުން ކަރެކްޝަންސްއަށް މިވަގުތު މޮނީޓާ ކުރެވޭނެ ފަދަ މަސައްކަތެއް އެ މީހާއާ ހަވާލު ކުރަން އެ ހުކުމުގައި އަންގާފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް