ads
ނައިވާދޫ މިސްކިތް
ނައިވާދޫގެ ކުރީގެ ހުކުރު މިސްކިތް ކުއްޔަށް ދޫކުރަނީ
ހދ ނައިވާދޫގައި ކުރީގައި ބޭނުން ކުރަމުންދިޔަ ހުކުރު މިސްކިތް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމައިފިއެވެ.
Advertisement

މިގޮތަށް ނިންމާފައިވަނީ އެރަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައެވެ.

"މަސްޖިދުއް ސަލާމް ނުވަތަ ކުރީގެ ހުކުރު މިސްކިތް ކުއްޔަށް ދޫކުރުމަށް ހަމަޖެހި ފަނީ ދިގު މުއްދަތަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ 10 ޖަހާއިރަށް ކައުންސިލަށް ދުރުވެ އަގު ހުށައެޅުއްވޭނެކަމަށެވެ." ކައުންސިލުން ކުރި އިއުލާނުގައި ވެއެވެ.

ފުރަތަމަ ފަހަރަށް ކުރި އިޢުލާން ބާތިލް ކުރމަށްފަހު ދެވަނަ އިއުލާން ކޮށްފައިވަނީ ކުރެހުމާއި ހުރިހާ މިންތަކެއް ޖެހުމަށްފަހުގައެވެ. ފުރަތަމަ އިއުލާން ބާތިލް ކުރަން ޖެހުނީ ކުރެހުމުގައިވާ މިންތަކާއި އިމާރާތާއި ދިމާނުވުމުން ނެވެ.

ގާތްގަނޑަކަށް 860 އެއްހާ މީހުން އުޅޭ ނައިވާދޫގައި މީހުން ނަމާދުކުރަނީ އެހެން ދެ މިސްކިތެއްގަ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމަށް މި ފަހުން އިންތިހާބުވި ކައުންސިލްތަކަށް ވަނީ ގިނަ ބާރުތަކެއް ދެއްވާފައެވެ. އެރަށެއްގެ އިހްތިސާސް ތެރޭގައި ހިމެނޭ ފަރާއި ރަށްތަކައި އަދި ގިރި ތަކަކީ މިހާރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް