ads
ހިޔާ ފްލެޓްތައް ކައިރީ މިރޭ ރޯކޮށްލާފައި
ހިޔާ ފްލެޓްތައް ކައިރީ ރޯކޮށްލައިފި
ހުޅުމާލޭ ހިޔާ ފްލެތްތައް ކައިރީ ރޯކޮށްލައިފިއެވެ. ރޯކޮށްލާފައިވަނީ އެޗް 3 އަދި އެޗް 4 އާ ދެމެދުއެވެ.
Advertisement

ހިޔާ ޔޫނިއަނުން ބުނީ ދޭތެރެ ދޭތެރެއިން އެތަނުގައި މިހާރު ރޯކުރަމުން ދާކަމަށެވެ. އެދި ޔުނިޓްތަކުގެ ތެރޭގައިވާ އަށިތައް ތަޅާލައި ، ގާތަކާއި ކުނި އަޅަމުންދަނީ އެތަނަށް ކަމަށްވެސް އެޔޫނިއަނުން ބުނެއެވެ. 

ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަމީހުން އެއަށިތައް ބޭނުން ނުކުރާ ކަމަށާއި، އެހެންވެ އެއަށިތައް ތަޅާލައި ބޭރަށް އުކަމުންދާކަމަށްވެސް އެޔޫނިއަނުން ބުނެއެވެ. 

ހިޔާ ފްލެޓްތަކުގައި ކުނިވާ ޒާތުގެ ކުނި އިތުރުވެ، ފުޅައަޅައި ފައިވާ މައްސަލަ ހައްލުކުރުމަށް ދެވަނަ ފިޔަވަހީގެ ހަ ސަރަހައްދެއްގައި ޑަސްބިން ވަނީ ބަހައްޓައިފައެވެ. 

ހިޔާ ފްލެޓްތަކުގައި  މީހުން ދިރިއުޅެން ފަށާފައިވާއިރު، އެ ތަނުގައި އުޅޭ މީހުންނަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ގޭގައި ހުންނަ ކުނިވާ ޒާތުގެ ކުނިތައް ނަގާނެ އިންތިޒާމެއް އެޗްޑީސީން އަދި ހަމަޖައްސާފައި ނެތުމެވެ. ހިޔާ ޔޫނިއަން އިން ބުނީ އެ ފަލެތްތަކުގައި ގާތްގަނޑަކަށް 70 ވަރަކަށް އާއިލާ ދިރިއުޅޭ ކަމަށާއި، ކުނިތައް ނުނެގި ހުންނަންޖެހުމުން ފުޅައަޅާފައިވާ ކަމަށެވެ. 

ފްލެޓްތަކުން ކުނި ނަގާނެ ގޮތެއް ހަމަޖައްސާފައި ނެތުމުން، އެ ފްލެތްތަކުގެ ތިރީގައި ކުނި އިތުރުވެ، މިފަހުން ބައެއްމީހުން ނިކުމެ އަމިއްލައަށް ސާފު ކޮށްފައިވެސްވެއެވެ. ހިޔާ ޔޫނިއަނުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެޗްޑީސީއާ މީގެ ކުރިންވަނީ މަޝްވަރާ ކޮށްފައެވެ. އެ މައްސަލަ ދިމާވެފައި ވަނީ އެޗްޑީސީން ބުނިގޮތުގައި، ވެމްކޯ އަށް ކުނި ނެގޭނީ އަންނަ ނޮވެމްބަރުން ފެށިގެން ކަމަށް ވާތީ އެވެ. އެ ކުންފުނިން ބުނީ ހުޅުމާލޭގެ ފޭސް ދޭއްގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް އަދި ނުނިމޭތީ ވެމްކޯގެ ކުނި ނަގާ އުޅަނދުތަކަށް އެ ތަނަށް ވަނުމަށް ދަތިތަކެއްވެސް އެބަ ހުރި ކަމަށެވެ.

އެހެންނަމަވެސް މިމަހުގެ ނިޔަލަށް 150 އާއިލާއެއް އިތުރަށް ފްލެޓުތަކަށް ބަދަލުވާނެތީ ކުނި މެނޭޖް ނުކުރެވިއްޖެނަމަ ވަރަށް ބޮޑު މައްސަލަތައް އެސަރަހައްދުގައި ދިމާ ވެދާނެތީ އެޗްޑީސީން މިހާރު ވަނީ ދެވަނަ ފިޔަވަހީގެ ހަ ސަރަހައްދެއްގައި ޑަސްބިން ބަހައްޓާފައެވެ. 

ކުނި ނެގުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން މެންދުރު 12:00 އާ ދެމެދު އެވެ. އެހެންކަމުން ފްލެޓްގައި އުޅޭ މީހުން އެ ވަގުތަށް ކުނި ނެރި އެންމެ ކައިރީގައި ހުރި ޑަސްބިނަކަށް އެޅުމަށާޢި، ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ކުނިތައް ނެރެފައި ނުބެހެއްޓުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް