ads
އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ އެތައް ދައުވާތަކެއް ވަނީ ކުރެވިފައި——
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓޭކަންނެތް ކަމަށް ހައިކޯޓު ނިންމައިފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައިދެވެން ނެތް ކަމަށް ހައިކޯޓުން އަނެއްކާވެސް ކަނޑައަޅައިފިއެވެ. ހައިކޯޓުން މި ގޮތަށް ކަނޑައެޅީ މިއަދުއެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އަލީ ވަހީދުގެ މައްސަލައިގައި ޕީޖީންވަނީ ކޯޓަށް ގޮސްފައެވެ. އެހެންނަމަވެސް އެންމެ ފަހަރަކުވެސް އެކިއެކި ސަބަބުތަކާ ހުރެ އަލީގެ ޕާސްޕޯޓް ހިފެހެއްޓޭ ގޮތެއް ނުވެއެވެ. ހައިކޯޓުގައި ޕީޖީން ކުރިން އެދުނީ އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފަހައްޓާށެވެ. އެކަމަކު އެ ޕާސްޕޯޓަކީ ކެންސަލްކޮށްފައިވާ ޕާސްޕޯޓެއްކަމުން ހައިކޯޓުން އެ ފަހަރު ޕީޖީ އެދުނު އަމުރެއް ނެރެ ނުދިނެވެ. ދެން ޕީޖީން އެދުނީ އަލީގެ އޯޑިނަރީ ޕާސްޕޯޓް ހިފަހައްޓާށެވެ. އެހެންނަމަވެސް އެ އަމުރުވެސް ހައިކޯޓުން ނެރެ ނުދިނެވެ.

ހައިކޯޓުގައި އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ މި ފަހަރު ބެލީ ފަނޑިޔާރު ހަސަން ޝަފީއުއާ، މުހައްމަދު ފައިސަލް އަދި ހުސެއިން މަޒީދެވެ. ރިޔާސަތު ބެލެހެއްޓީ ޝަފީއުއެވެ. އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލައިގައި ހައިކޯޓުން މިއަދު ހުކުމް ކުރިއިރު، މިދިޔަ ހަފުތާގައި ޕީޖީއާ ހައިކޯޓުގެ ފަނޑިޔާރުންވަނީ ހޫނު ސުވާލުތަކެއް ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް