ads
ޝޭހް މުހައްމަދު އަދި ޕްރިންސެސް ހަޔާ-
ދުބާއީގެ ވެރިޔާ ކުރީގެ އަނބިކަބަލުންގެ ފޯނު ހެކްކުރިކަމަށް ސާބިތުވެއްޖެ
ދުބާއީގެ ވެރިޔާ، ޝޭހް މުހައްމަދު އަލް މަޙްތޫމް އޭނާގެ ކުރީގެ އަނބިކަބަލުންގެ ފޯނު ހެކްކޮށްފައިވާ ކަމަށް ސާބިތުވާކަމަށް އިނގިރޭސި ވިލާތުގެ ހައިކޯޓުން ހުކުމްކޮށްފި އެވެ.

އިނގިރޭސި ހައިކޯޓުން ކުރި ހުކުމުގައި ބުނީ ކޯޓުގައި މައްސަލައެއް ކުރިއަށް ދަނިކޮށް ޝޭހް މުހައްމަދު އޭނާގެ ކުރީގެ އަނބިކަބަލުން، ޖޯޑަންގެ ޕްރިންސެސް ހަޔާ ގެ ފޯނު ހެކްކޮށް އިނގިރޭސި ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒް ފޯރުވާފައިވާ ކަމަށެވެ. 

ޕްރިންސެސް ހަޔާ އުޅުއްވަނީ ދުބާއި އިން ފިއްލަވައިގެން އިނގިރޭސި ވިލާތުގައެވެ. 2020 ވަނަ އަހަރު ފިއްލެވުމަށް ފަހު އެގައުމުގެ ކޯޓުގައި ޑިވޯސް ކޭސް ކުރިއަށް ދަނިކޮށް ޕްރިންްސެސް ހަޔާ އަދި އެކަމަނާގެ ވަކީލުންގެ ފޯންތައް އިޒްރޭލުގެ ޕެގޭސަސް ސްޕައިވެއާ ބޭނުންކޮށްފައިވާ ކަމަށް ކޯޓަށް ހުށަހަޅައިފައިވާ ހެކިތަކުން ސާބިތުވާ ކަމަށް ހުކުމްގައި ބުނެފައިވެއެވެ. 

ޕްރިންސެސް ހަޔާ ވިދާޅުވީ އެކަން ފާހަގަވި ހިސާބުން އަބަދުވެސް އުޅެން ޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. 

ނަމަވެސް ޝޭޙް މުހައްމަދު ވަނީ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. 

އޭނާ ވިދާޅުވީ ކޯޓުގެ ހުކުމްގައި ރިއާޔަތްކޮށްފައިވާ ހެކިތައް އޭނާއަށް ހާމަކޮށްފައި ނުވާކަމަށެވެ. އެހެން ކަމުން ޝަރީއަތް ކުރިއަށް ދިޔައީ އިންސާފްވެރިކޮށް ނޫންކަމަށެވެ.

 ކޯޓުން ކުރި މި ހުކުމާއެކު ކުރިންވެސް އާއިލާގެ އަންހެން މެމްބަރުންނާމެދު އިހާނެތިކޮށް ކަންކުރާކަމަށް ތުހުމަތު ކުރެވިފައިވާ ވެރިޔާއާ ދެކޮޅަށް މިވަނީ ފުރަތަމަ ފަހަރަށް ކުށެއް ސާބިތު ކުރެވިފައެވެ. ނަމަވެސް ގައުމުގެ ވެރިއަަކަށް ވުމުން އޭނާއަށް މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް ދައުވާއެއްވެސް ފިޔަވަޅެއްވެސް ނޭޅޭނެ އެވެ. 

މީގެ ކުރިން ދުބާއީގެ ޕްރިންސެސް ލަތީފާ ގައުމުން ފިއްލަވައިގެން އުޅުއްވަނިކޮށް ބައްޕާފުޅު މުހައްމަދު ވަނީ އެކަމަނާ ކަނޑުމަތިން ރަހީނުކޮށް ގެނެސްފައެވެ. އެކަމަނާ ފިއްލަވައިގެން އުޅުއްވަނިކޮށް ހޯދަން ބޭނުންކޮށްފައިވަނީވެސް އިޒްރޭލުގެ އެންއެސްއޯ ގްރޫޕުގެ ޕެގޭސަސް ސޮޕްޓްވެއާ ކަމަށް މީގެ ކުރިން އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފައިވެއެވެ. 

ޕްރިންސަސް ހައްޔަރު ކުރުން

ޕްރިންސަސް ލަތީފާއަކީ ދުބާއީއަށް ނިސްބަތްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބޮޑުވަޒީރުގެ ދަރިކަނބަލުންނެވެ. 

ޕްރިންސަސް ލަތީފާ ވަނީ 2018 ވަނަ ގައުމުން ފިލަން މަސައްކަތް ކުރައްވާފަ އެވެ. އެކަމާ ގުޅިގެން ބައްޕާފުޅު ވަނީ އެކަމަނާ "ރަހީނުކޮށްފައި" ކަމަށް ތުހުމަތު ކޮށް، ވީޑިއޯއެއް ފެބްރުއަރީ މަހު 17 ވަނަ ދުވަހު ބީބީސީން ވަނީ އާއްމުކޮށްފަ އެވެ.

އެ ވީޑިއޯގައި އަމީރާ ލަތީފާ ވިދާޅުވީ އެކަމަނާގެ ފުރާނައަށް ގެއްލުމެއް ވެދާނެ ކަމުގެ ބިރު އެބަ އޮތްކަމަށެވެ. އެހެންކަމުން އދ. އިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

your imageއަމީރާ ހަޔާ (ކ) އަމީރާ ލަތީފާ (ވ)

އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރުގެ އޮފީހުން ބުނެފައި ވަނީ މި މައްސަލާގައި ޔޫއޭއީއާ ސުވާލުކުރާނެ ކަމަށެވެ. އަދި އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރެރީ ޑިޓެންޝަން އިން ތަހުގީގެއް ފަށާނެ ކަމަށް ވެއެވެ.

ދުބާއީއަކީ އިގްތިސާދީ ގޮތުން ކާމިޔާބު ސިޓީއެއް ނަމަވެސް އެތަނުގައި އިންސާނީ ހައްގުތައް، ވަކިން ހާއްސަކޮށް އަންހެނުންގެ ހައްގުތައް، ވަނީ ހިފެހެއްޓިފައި ކަމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނެ އެވެ. 

އެކުވެރިންގެ އެހީތެރިކަމާއެކު ޕްރިންސަސް ލަތީފާ ދުބާއީއިން ފިލަން މަސައްކަތް ކުރީ 2018 ގައެވެ. އެކަމަނާ ބޭނުންވެވަޑައިގެންނެވީ މިނިވަންކަމާއެކު އުޅެވޭނެ ގޮތެއް ހޯދުމަށެވެ.

އެކަމަނާ ފިއްލެވިތާ ދުވަސްތަކެއް ފަހުން ޔޫއޭއީގެ އަސްކަރީ ސިފައިން އެކަމަނާ ހޯދާ ހައްޔަރު ކުރީ އިންޑިއާ ކަނޑުގައި ބޯޓެއްގައި ދަތުރު ކުރަމުން ދަނިކޮށެވެ. 

އޭގެ ފަހުން ދުބާއީއަށް ގެންގޮސް އަދިވެސް ހުންނެވީ އެތަނުގަ އެވެ. ބައްޕާފުޅު ވިދާޅުވެފައި ވަނީ އަމަލު ކުރަމުން ދަނީ އަމީރާ ލަތީފާއަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ.

 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް