ads
ހުޅުމާލެ——
އިސްލާމިކް ސެންޓަރު ފަރުމާކޮށްގެން ތިން ލައްކަ ރުފިޔާގެ އިނާމު މާއި ޑިޒައިން އަށް
ހުޅުމާލޭ ފޭސް އެކެއްގައި ބިނާކުރާ އިސްލާމިކް ސެންޓަރު ފަރުމާކޮށްގެން 300،000 ރުފިޔާގެ އިނާމް މާއި ޑިޒައިން ޕްރައިވެޓް ލިމިޓެޑް ހާސިލް ކޮށްފިއެވެ.

މިކަމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވާފައިވަނީ  އިކޮނޮމިކް މިނިސްޓަރު  ފައްޔާޒް އިސްމާއީލް އެވެ. މި މުބާރާތުން 1 ވަނައަށް ހޮވިފައިވަނީ މާއި ޑިޒައިން ޕްރައިވެޓް ލިމިޓެޑްއެވެ. އަދި ދެވަނައަށް އައިޝަތު ރާސިއާ ހުށަހަޅާފައިވާ ކުރެހުން ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައިވަނީ އިންސައިޑް ޕްލަސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ކުރެހުމެވެ.

ހުޅުމާލޭ ފޭސް 1 ގައި ތަރައްގީ ކުރެވިފައިވާ ސެންޓްރަލް ޕާކަކީ ހުޅުމާލޭގައި ދިރިއުޅެމުން ގެންދާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ތަފާތު ގިނަ ހަރަކާތްތަކެއް އެކުލެވިގެންވާ ގޮތަށް ފަރުމާކުރެވި ތަރައްގީ ކުރަމުން އަންނަ ޕާކެކެވެ.

މިގޮތުން ހަތަރު ސަރަޙައްދެއް އެކި ބޭނުންތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގައި މިސްކިތަކާއި އިސްލާމިކް ސެންޓަރެއް ބިނާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މިސްކިތާއި އެކު ހެދި އިސްލާމިކް ސެންޓަރ ފަރުމާކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް މިއަދު ވަނީ އިނާމް ހަވާލު ކުރެވިފައެވެ. 

އިކޮނޮމިކް މިނިސްޓްރީއާއި އެޗްޑީސީ ގުޅިގެން ހިންގުނު މި ޑިޒައިން މުބާރާތަކީ، ދިވެހި ސަގާފަތާއި ގުޅޭ އިހުގެ މިސްކިތް ތަކުން މިސާލު ނަގައިގެން ޑިޒައިން ކުރުމުގެ ފުރުޞަތު ދިވެހި އާކިޓެކްޓުންނަށް ދިނުމުގެ ބޭނުމުގައި ހިންގާފައިވާ މުބާރާތެކެވެ. 

މި މަޝްރޫޢު އަދި ޑިޒައިން މުބާރާތުގެ ދަށުން ފަރުމާކޮށް ބިނާ ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ ކޯޓްޔާޑާއި އެކު 2500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި އިސްލާމިކް ސެންޓަރުގައި ލައިބްރެރީއެއްގެ އިތުރުން މީޓިން ރޫމް ފަދަ ތަންތަން ހިމެނިފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް