ads
ހދ އަތޮޅުގެ މަހާސިންތާގެ ތެރެއިން؛ ފޮޓޯ؛ ތިލަދުން
ހދ. އަތޮޅުގެ މާލީ ފުދުންތެރިކަމާއި ބާރުވެރިކަން ހޯދުމުގެ މަހާސިންތާ ފަށައިފި
ހދ. އަތޮޅު ތަރައްޤީގެ މަހާސިންތާ ހަނިމާދޫގައި މިއަދު ފަށައިފިއެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ހދ.އަތޮޅުގެ ކައުންސިލްގެ މެމްބަރުންގެ އިތުރުން ބައެއް ކައުންސިލަރުންވެސް ބައިވެރިވެއެވެ. މީގެ އިތުރުން ބައެއް މަޖިލިސް މެމްބަރުންވެސް މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވައެވެ. 

މި މަހާސިންތާއަކީ އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހައިން ގާތުން ފޯރުކޮށްދިނުމާއި އަތޮޅުގެ މާލީ ތަނަވަސްކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް ފަހި ގޮތްތަކެއް ހޯދުމަށް ބާއްވާ މަހާސިންތާއެއް ކަމަށް ހދ. އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

މި މަހާސިންތާގެ އިތުރުން މުޅި ބޮޑު ތިލަންދުންމަތީގެ ތަރައްޤީއަށްވެސް ގިނަ މަސައްކަތްތަކެއް ތިން އަތޮޅު ގުޅިގެން ވަނީ ފަށާފައެވެ.

ބޮޑުތިލަދުންމަތީގެ ތަރައްޤީއާއި ތިންއަތޮޅުގެ މާލީ ފުދުންތެރިކަމާއި ބާރުވެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި އެމް.އޯ.ޔޫ ގައި ސޮއިކުރުމަށް ނިންމަވާފައިވަނީ، ހދ.އަތޮޅު ކައުންސިލްގެ އިސްނެންގެވުމުގެ މަތީން، ކުޅުދުއްފުށީ ސިޓީގެ މޭޔަރ އަދި ހއ، ހދ، އަދި ށ އަތޮޅު ކައުންސިލްގެ ރައީސުން ބައިވެރިވެވަޑައިގެން 02 ސެޕްޓެމްބަރ 2021 ގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައެވެ.

ހދ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖު ވިދާޅުވި ގޮތުގައި މި އެމް.އޯ.ޔޫގެ މަޤްޞަދަކީ 3 އަތޮޅުގެ ތަރައްޤީއަށާއި، މާލީ ފުދުންތެރިކަމާއި އިތުރުކޮށްގެން މިސަރަޙައްދުގެ ބާރުވެރިކަން ހޯދުމާއި، މިކަންކަމަށް ހުރި ހުރަސްތައް ނައްތާލައި ކައުންސިލްތައް ގުޅިގެން ރައްޔިތުންގެ ލާބަޔާ މަންފާއަށް ކަންތައްތަކެއް ކުރުން ކަމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤު ވިދާޅުވީ މިބައްދަލުވުމަކީ ތާރީޚީ ބައްދަލުވުމެއް ކަމަށާއި، ޒަމާނުއްސުރެ ބޮޑުތިލަދުންމަތި މިހާތަނަށް ވެފައިވަނީ ތާރީޚުގައި އޮންނަ ލަފްޒެއްގެ ގޮތުގައި ކަމަށެވެ. އަދި ބޮޑުތިލަދުންމައްޗަކީ ވަރަށް ތިޔާގިކޮށް، އަމިއްލަ ގޮތްތަކެއްގައި މާލީ ފުދުންތެރިކަން އިތުރު ކުރަމުން އައި ބައެއް ކަމަށާއި، އަޅުގަނޑުމެންގެ ފިކުރުވެސް ހުރީ މަރުކަޒީ ވިސްނުން ދުރުކޮށް، ލާމަރުކަޒީ ވެގެން ކައުންސިލްތަކުން ނަފާ އިތުރުކޮށްގެން ކަންކަން ކުރުމުގެ ވިސްނުން ކަމަށެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމްވެސް ވިދާޅުވީ އަޅުގަނޑުމެންގެ ދުވަސްވީ ކާބަފައިންނަށް ބަލާއިރު، ބޮޑުތިލަދުންމައްޗަކީ ވަރަށް ޖޯޝާއި ފޯރީގައި މަސައްކަތްކުރާ ތަނެއް ކަމަށާއި، މިމަސައްކަތްތައް ކުރަން ނިކުންނައިރު، ގޮންޖެހުންތަކެއް ދިމާވެދާނެ ކަމަށާއި، ކަމެއް ޙާޞިލުކުރުމަށްޓަކައި ގޮންޖެހުންތަކާ ކުރިމަތިލައިގެން، އެގޮންޖެހުންތައް ގިރާކޮށްގެން ދާބަޔަކީ ކާމިޔާބު ބައެއްގެ ގޮތުގައި ވާނެކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް