ads
ރާއްޖެ މީގެ ކުރިން ގެނެސްފައިވާ އެމްބިއުލާންސްތަކެއް-----
ގެންނަން ވައުދުވި 96 އެމްބިއުލާންސްގެ ތެރެއިން 20 އެމްބިއުލާންސް ގެނެސްފި
ގެންނަން ވައުދުވި 96 އެމްބިއުލާންސްގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެ ގެނެސްފި އެވެ.
Advertisement

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ 20 އެމްބިއުލާންސެއް މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އިތުރު 20 އެމްބިއުލާންސް މަހެއްގެ ތެރޭގައި އަންނާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވިދާޅުވިއެވެ. 

" އަތޮޅުތެރެއަށް ހާއްސަ ކުރާ އާ 20 އެމްބިއުލާންސް މިއަދު ވަނީ ރާއްޖެ އައިސްފައި. އަދި އިތުރު 20 އެމްބިއުލާންސް އާއިއެކު އިތުރު 20 އެމްބިއުލާންސްއެއް އަދިވެސް މަހެއްގެ ތެރޭ އަންނާނެ ކަމަށް އުންމީދު ކުރެވޭ. އެހެންކަމުން އެންމެ މަދުވެގެން ޖުމްލަ 60 އެމްބިއުލާންސް މި އަހަރު ނިމުމުގެ ކުރިން އަންނާނެ" މަބްރޫކް ވިދާޅުވިއެވެ.

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އާއެކު ހެލްތު މިނިސްޓްރީން ވަނީ މިދޔަ ޖޫން މަހުގެ 10ވަނަ ދުވަހު ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާލޭގައި އެމްބިއުލާންސްގެ ހިދުމަތް ދިނުން ލަސްވުމުގެ ސަބަބުން އުމުރުން 10 އަހަރުގެ ކުޑަކުއްޖަކު ނިޔާވި ހާދިސާއެއް ހިގުމުންނެވެ. 

އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލެންސްތައް މިނިސްޓްރީއާއި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގަ އެވެ.

އެދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ހިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ނަސީމް އިތުރަށް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެމްބިއުލާންސް ގެނެވި، އަތޮޅުތެރޭގައި ދޭ ހިދުމަތް ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލިފަރުވާ ފަސޭހަކަމާއެކު ދެވޭނެ ކަމަށެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތުމުގެ ސަބަބުން ބަލި މީހުން އުފުލުމުގައި ތަކުލީފުތަކެއް އުފުލަން ޖެހިފައި ވެއެވެ. އެގޮތުން ބައެއް ފަހަރު ގާޑިޔަލުގައި ނޫނީ ބަރޯގައި ނުވަތަ ޕިކަޕެއްގައި ބަލިމީހުން އުފުލަން ޖެހިފައި އެބަހުއްޓެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް